އަންހެނަކު ރަހީނުކޮށް ވަޅިން ބިރު ދައްކައި ފުލުހުންނަށް އިންޒާރު ދިން މައްސަލައިގައި ފުލުހުންގެ ހައްޔަރުގައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތް ކުރި އާދަމް އަތުހަރަށް ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް މަރުވިކަމަށް ފުލުހުން ބުނެފިއެވެ.
އަތުހަރު މަރުވި ސަބަބު ދެނެގަތުމަށްޓަކައި ހަށިގަނޑުގެ އޮޓޮޕްސީއެއް ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަންހެނަކު ރަހީނުކޮށް ވަޅިން ބިރު ދައްކައި ފުލުހުންނަށް އިންޒާރު ދިން މައްސަލައިގައި ފުލުހުންގެ ހައްޔަރުގައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތް ކުރި އާދަމް އަތުހަރަށް ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް މަރުވިކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭނާއަސް ފަރުވާ ދެމުން ގޮސްފައިވަނީ އައިޖީއެމްއެޗްގައެވެ.
އަތުހަރަށް ފަރުވާދެމުންގޮސްފައިވަނީ ފުލުހުންގެ ބެލުމުގ ެދަށުގައި ދޫނިދޫގައި ހުއްޓައި ރޭގެ ވަގުތެއްގައި އޭނާ ބަންދުގައި ހުރި ޖަލުގައި ދަންޖެހުމާއި ގުޅިގެންނެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ހިނގި އެ ހާދިސާގައި އަތުހަރު ވަނީ އަންހެން މީހާގެ ކަރުގައި ވަޅިއެއް ޖައްސައި އެ ސަރަހައްދު ދޫކޮށްދާން މަސައްކަތްކޮށްފަ އެވެ. އަދި އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ހުރެ މަގުމައްޗަށް ނެރެ، އޭނާ ސައިކަލަށް އަރުވައިގެން ފިލަން އަތުހަރު މަސައްކަތްކުރި އެވެ. އަތުހަރު ދާން ބޭނުންވި ގެއާއި ކައިރި ސަރަހައްދަކުން ފުލުހުން އޭނާ ހައްޔަރުކޮށް އަންހެން މީހާ ސަލާމަތް ކުރީ އޭނާގެ ގައިގައި މުގުރުން ޖެހުމަށް ފަހު އެވެ. އެ ހާދިސާގެ ތެރޭގައި އަތުހަރަށް އަނިޔާވި ނަމަވެސް ފުލުހުން ބުނީ އަންހެން މީހާއަށް އަނިޔާއެއް ލިބުފައި ނުވާކަމަށެވެ.
އަތުހަރު ނިޔާވި މައްސަލަ ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަމުން ދާ ކަމަށާއި އަދި މި މައްސަލަޔާއި ގުޅިގެން މިނިވަން މުވައްސަސާތަކުން ކުރަމުންދާ ތަހުގީގުތަކަށް ފުލުހުންގެ ހިދުމަތުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ބުނެފައިވެއެވެ.

