ރާއްޖޭގެ ލީޑިންގ އައި.ޓީ ކުންފުނި ލިންކްސާވް އިން އާ އެޗް.އާރ މެނޭޖްމަންޓް ސޮފްޓްވެއަރއެއް ކަމަށްވާ ”ޕްރޯ އެޗް.އާރ“ ތައާރަފުކޮށްފި އެވެ.
މި ސޮފްޓްވެއަރ އަކީ ކުދި، މެދު އަދި ބޮޑެތި ފަންތީގެ ވިޔަފާރިތަކުގައި މުވައްޒަފުންގެ އެޗް.އާރ އާ ގުޅުންހުރި ކަންތައްތައް މެނޭޖްކުރުމަށް ޚާއްޞަކޮށް ފަރުމާކުރެވިފައިވާ ސޮފްޓްވެއަރއެކެވެ.
ޕްރޯ އެޗް.އާރ އިން މުވައްޒަފުންގެ ހާޒިރީ، ޗުއްޓީ، މުސާރަ އަދި މަސައްކަތުގެ ގަޑި ފަދަ މުހިންމު ކަންތައްތައް ފަސޭހަކަމާއެކު މެނޭޖްކުރެވޭނެއެވެ. މީގެ އިތުރުން މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާއި، ވަޒީފާ ދިނުމުގެ ޕްރޮސެސް އަދި ކަސްޓަމް ރިޕޯޓްތައް ޖެނެރޭޓްކުރުމުގެ ޚިދުމަތްވެސް މި ސޮފްޓްވެއަރ އިން ލިބޭނެއެވެ.
މި ސޮފްޓްވެއަރގެ ޕެކޭޖްތައް ބަހާލާފައިވަނީ އެކި ބޮޑުމިނުގެ ވިޔަފާރިތަކަށް އެކަށީގެންވާ ގޮތަށެވެ. އެގޮތުން، 0-50 މުވައްޒަފުންނަށް، 51-100 މުވައްޒަފުންނަށް، 101-200 މުވައްޒަފުންނަށް، 201-1000 މުވައްޒަފުންނަށް އަދި 1000 އަށްވުރެ ގިނަ މުވައްޒަފުން ތިބޭ ކުންފުނިތަކަށް ވަކި ޕެކޭޖްތަކެއް ތައްޔާރުކޮށްފައިވެއެވެ. މި ޕެކޭޖްތަކުގެ މަޤްސަދަކީ ކުދި ވިޔަފާރިތަކުން ފެށިގެން ބޮޑެތި ކުންފުނިތަކަށް ވެސް އެފަރާތްތަކުގެ ބޭނުންތަކާ އެއްގޮތަށް ސޮފްޓްވެއަރ ބޭނުންކުރުމުގެ ފުރުޞަތު ލިބިގެންދިއުން.
ލިންކްސާވްގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، ޕްރޯ އެޗް.އާރ އަކީ އެއްކޮށް ކްލައުޑްބޭސް ސޮފްޓްވެއަރއެކެވެ. އަދި މީގެ މޮބައިލް އެޕްލިކޭޝަން އިން އިތުރު ފަސޭހަކަމެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ކޮންމެ ތަނެއްގައި ހުރެގެންވެސް މުވައްޒަފުންނަށް އެމީހުންގެ އެޗް.އާރ އާ ގުޅުންހުރި މަޢުލޫމާތު ބެލުމާއި އަޕްޑޭޓްކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ލިންކްސާވް އިން ތައާރްފް ކޮށްފައިވާ މި ސޮފްޓްވެއާރ އަކީ ދިވެހި މަސެއްކަތުގެ ވައްޓަފާޅިއަށް ބިނާކޮށް ، ފައްކާކޮށް ދިވެހި ހުނަރުވެރި ޑިވެލޮޕާސްގެ ޓީމް އަކުން އުފައްދާފައިވާ ސޮފްޓްވެއާރއެކެވެ.
ޕްރޯ އެޗް.އާރ ގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް އެ ތަންތަނުގެ މުވައްޒަފުންގެ އެޗް.އާރ ގުޅުންހުރި ކަންތައްތައް މެނޭޖްކުރުމަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް ލިންކްސާވްއިން ބުނެފައިވެއެވެ. މި ސޮފްޓްވެއަރ ބޭނުންކޮށްގެން ވިޔަފާރިތަކަށް އެ ތަންތަނުގެ އެޗް.އާ ވަސީލަތްތައް އެންމެ އެދެވޭ ގޮތުގައި ބޭނުންކުރެވި، މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުކުރެވޭނެކަމަށް ލިންކްސާވްއިން އުންމީދުކުރެއެވެ.

