ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލް ގައި ސަރުކާރުން ކުރީ ޒިންމާދާރުކުޑަ އަމަލެއް: ޔައުގޫބް

ކުރީގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ބީއެމްއެލް ގައި ސަރުކާރުން ކުރީ ޒިންމާދާރުކުޑަ އަމަލެއްކަމަށާއި އެކަމުގެ ޒިންމާ ސަރުކާރުން ނަަގަން ބޭނުން ނުވާތީ އެޅުވީ އެމްޑީޕީގެ ބޮލުގައި ކަމަށް ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި ޕެނަލް ޑިސްކަޝަންގައި ބޭންކެ އޮފް މޯލްޑިވްސްއަކީ ސަރުކާރުގެ މުޅި ކޮންޓްރޯލް އޮވެ އަދި މި ސަރުކާރުން ބީއެމްއެލްގެ ބޯޑަށް މެމްބަރުންތަކެއް އައްޔަނުކޮށް ރައްޔިތުންގެ ބޭންކެއްގައި ހިނގަމުން އަންނަ ތަނެއް ކަމަށެވެ. މީގެކުރިން ނުވަތަ އެހެންސަރުކާރެއްގައިވެސް ބީއެމްއެލް ސީޔާސީ ނުކުރާ މިންވަރަށް މި ސަރުކާރުން ސިޔާސީ ކޮށްފައިވާ ކަމަށާއި އަދި ފެނިގެން ދިޔައީ އެކަމުގެ ނަތީޖާކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ޔައުގޫބް ވިދާޅުވީ ބީއެމްއެލް ގައި ސަރުކާރުން ކުރީ ޒިންމާދާރުކުޑަ އަމަލެއް ކަމަށާއި އެކަމުގެ ޒިންމާ ސަރުކާރުން ނަަގަން ބޭނުން ނުވާތީ އެޅުވީ އެމްޑީޕީގެ ބޮލުގައި ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ބޮލުގައި ކިތަންމެ ތުހުމަތުތަކެއް އެޅުވި ނަމަވެސް އެކަމުގެ ސަބަބުން އެމްޑީޕީގެ މަސައްކަތައް ހުއްޓުމެއް ނާއްނާނެ ކަމަށެވެ.

ޔައުގޫބް ވިދާޅުވީ އެމްޑީޕީއަށް މި ފަސް އަހަރުގެ ތެރޭގައި ކުރަންއޮތް މަސައްކަތަކީ އިދިކޮޅޫ، ވާދަވެރި އަދި ސަރުކާރަށް ފާރަވެރިވާ ޕާޓީއެއްގެ ރޯލު އަދާކުރުން ކަމަށެވެ.

”ސަރުކާރުން ކިތަންމެ ވަަރަކަށް އެމްޑީޕީ އާއި އެމްޑީޕީއަށް ނިސްބަތްވާ ވެރިންގެ ބޮލުގައި އެކަހަލަ އެތައް ކަމެއް އަޅުވަން މަސައްކަތް ކުރިޔަސް އެމްޑީޕީއެއް ފަހަތަކަށް ނުއެއް ޖެހޭނެ. އަދި ނުވެސް ޖެއްސޭނެ. އެމްޑީޕީއަކީ ވެރިކަން ކުރުމަށްވެސް އަދި އިދިކޮޅު ޕާޓީއެއްގެ ގޮތުން ވިޔަސް މަސައްކަތް ކުރަން ރާއްޖޭގެ މިހާތަނަށް އުފެދުނު ޕާޓީތަކުގެ ތެރެއިން އެންމެ ފައްކާވެ ފުރިހަމަ ވެފައި އޮތް ޕާޓީ“

ޔައުގޫބް ވިދާޅުވީ ސަރުކާރަށް ހީވެގެން އުޅުނީ ރައްޔިތުންނަށް ކޮންމެ ކަމެއްވެސް ކޮށްލެވޭނެ ކަމަށާއި ބޭނުންގޮތަކަށް ބޭނުން ވަގުތަކު ބޭނުންވާ ކަންކަން ކުރެވޭނެ ކަމަށެވެ. އަދި ބީއެމްއެލްގެ އެ ނިންމުމަކީ އެހެން ހީކޮށްގެން ނިންމި ނިމުއްމެއް ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

އެ ނިންމުމަކީ ބޭންކުން މަހެއްހާ ދުވަސް ކުރިން ނިންމާފައިވާ ނިންމުމެއް ކަމަށާއި ބޭންކުގެ ބޯޑަށް 11 މެމްބަރުން ތެރެއިން 8 މެމްބަރުން އައްޔަނު ކުރަނީ ސަރުކާރުން ކަމަށާއި އަދި ބޯޑުގެ މެޖޯރިޓީ ހިއްސާދާރަކީވެސް ސަރުކާރު ނުވަތަ ފިނޭންސް މިނިސްޓަރު ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

މީގެއިތުރުން ޔައުގޫބް ވިދާޅުވީ މީގެ މަހެއްހާ ދުވަސް ކުރިން ނިންމާފައިވާ ނިންމުމެއް ދެ މަސް ފަހުން ތަންފިޒު ކުރުމުން، ސަރުކާރާއި މެދު ރައްޔިތުންގެ އޮތް ހިންހަމަ ނުޖެހުން ފެނުމާއެކު އަލުން އަނބުރާ ނިންމުން ބަދަލު ކުރީ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: