ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލުތައް ހިންގާ ގޮތް ގަވާއިދުން މޮނިޓަރ ކުރުމަށް އޮވަރސައިޓް މެކޭނިޒަމެއް ހުންނަން ޖެހޭ: ޓްރާންސްޕޭރެންސީ

ޝެއާރކޮށްލާ ކަހަލަދޯ؟

ޖަލުތައް ހިންގާ ގޮތް ގަވާއިދުން މޮނިޓަރ ކުރުމަށް އޮވަރސައިޓް މެކޭނިޒަމެއް ހުންނަން ޖެހޭކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައިވަނިކޮށް މަރުވެފައިވާ އާދަމް އަތުހަރުގެ ހައްޔަރާއި، މަރުވި ގޮތާއި، ބެހޭގޮތުން އިންސާފުވެރި އަދި މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލާ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރުން ބަޔާނުގައި ވަނީ  2 ސެޕްޓެމްބަރު 2024 ގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ތަހުގީގަކާއި ގުޅިގެން ފުލުހުންގެ ބަންދުގައި ހުއްޓާ އާދަމް އަތުހަރުގެ ހާލުދެރަވެ، އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ނިޔާވުމާއި އަދި މި މައްސަލަގައި ސީންއަށް އެޓެންޑްކުރި ގޮތާއި މި ހިސާބަށް މި މައްސަލަ ދާން މަގުފަހިވި ސަބަބުތަކާއި ގުޅޭ ގޮތުންމި އެ ޖަމްއިއްޔާތަކުން ކަންބޮޑުވާކަން ފާހަގަކޮށްފައެވެ.

އާދަމް އަތުހަރުގެ ހައްޔަރާއި އަދި މަރުވުމަށް ދިމާވި ހާލަތުތައް މިނިވަންކަމާއި، އިންސާވުވެރިކަމާއި، ފުރިހަމަ އަދި ހާމަކަން ބޮޑުގޮތެއްގައި ތަހުގީގުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން އަދި ކަމާއި ގުޅުން ހުރި އެންމެހާ ދައުލަތުގެ މުއައްސަސާތަކަށް ޓްރާންސްޕޭރެންސީއިން ވަނީ ގޮވާލާފައެވެ. ވަކިން ހާއްސަކޮށް، އާދަމް އަތުހަރު ހައްޔަރުކުރެވުނުއިރު ބާރުގެ ބޭނުން ކުރެވުނު ގޮތާއި، އަދި މަރްހޫމްގެ ސިއްހީ ހާލަތަށް ބަލާ ރިމާންޑްގައި ބަންދުކުރުމަށް ނިންމުނު ސަބަބުތައް ބެލުމަކީ ކޮންމެހެން މުހިންމު ކަންކަންކަމަށް ޓްރާންސްޕޭރެންސީއިން ބުންޏެވެ. މި ތަހުގީގުތައް ކުރުމުގައި އާއިލާއަށް ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމާށާއި، އާއިލާއަށް އިހުތިރާމް ކުރެވޭ ފަދަ ގޮތަކަށް ތަހުގީގުތައް ގެންދިޔުމަށްވެސް ގޮވާލާފައިވެއެވެ.

ބަންދުގައި ބައިތިއްބާ ފަރާތްތަކުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ދައުލަތުގެ ޒިންމާއެއްކަމަށް ފާހަގަކޮށް ބަޔާނުގައި ވަނީ، މިކަންކަމަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭކަމަށެވެ. އެގޮތުން ފާހަގަކޮށްފައިވާ ކަންކަން:

• ތަހުގީގު ހާމަކަން ބޮޑު ގޮތަކަށް އަވަހަށް ހިންގާ، ތަހުގީގުން ފާހަގަވާ ކަންކަންހާމަކުރުން.

• ކަސްޓޯޑިއަލް ޖަލުތަކުގައާއި ބަންދުކުރާ މަރުކަޒުތަކުގައި ތިބޭ ފަރާތްތަކާއި މެދު އަމަލުކުރާ ގޮތާއި, ޖަލުތައް ހިންގޭގޮތް ގަވާއިދުން މޮނިޓަރ ކުރުމަށް އޮވަރސައިޓް މެކޭނިޒަމްތައް ހަރުދަނާކޮށް، ޖަލުތަކުގެ ހާލަތާއި ހައްޔަރުގައި ތިބޭ ފަރާތްތަކާއި މެދު އަމަލުކުރެވޭގޮތްތައް ހަރުދަނާކުރުމަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ އެ އިސްލާހުތައް ގެނެއުމަށް މައުނަވީ ގޮތެއްގައި މަސައްކަތްކުރުން.

• ކަސްޓޯޑިއަލް ޖަލުތަކާއި ބެހޭ ނިޒާމު އިސްލާހުކުރުމަށް ކުރާ މަސައްކަތުގައި، ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން ކަމާބެހޭ ހުރިހާ އިދާރާތަކެއްގައި ރިހެބިލިޓޭޝަން އަދި ރީ-އިންޓެގްރޭޝަންގެ ހިދުމަތްތައް ބަންދުގައި ތިބޭފަރާތްތަކަށް ލިބޭނެ އިންތިޒާމްތައް ކަށަވަރުކުރުން.

• ދިވެހިރާއްޖޭގެ ސިއްހީ ނިޒާމްގެ ތެރެއިން ކޮންމެ މީހެއްގެވެސް ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ޚިދުމަތް އެންމެނަށް އެއް ހަމައެއްގައި ފޯރުކޮށްދިނުމާއި އަދި ޚާއްސަކޮށް  ނަފްސާނީ ބަލިތަކާއި މަސްތުވާ ތަކެތީގެ ސަބަބުން ދިމާވާ ބަލިތައް ތަހައްމަލްކުރާ ފަރާތްތައް ޖަލުގައި ބަންދު ކުރުން މަދުކުރުން. އަދި ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހަމަހަމަކަން ގެއްލިދާނޭ ފަދަ ކަންކަން މަދުކުރުމަށް ސިއްހީ ނިޒާމަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް އިންވެސްޓްކުރުން އަދި ބަންދުގައިވާ ފަރާތްތަކަށް ލިބެންޖެހޭ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމާއި ސިއްހީ ނިޒާމް އަދި އިޖްތިމާއީ ހިދުމަތުގެ ނިޒާމްގައި ހަރަކާތްތެރިވާ މުއައްސަސާތައް މިހާރަށްވެރެ ހަރުދަނާ ގޮތެއްގައި ގުޅިގެން މަސައްކަތްކުރުން.

• ރަހީނުކުރެވޭ ހާލަތްތައް ފަދަ ހައްސާސް ހަލާތްތަކުގައި ގެންގުޅޭ އުސޫލުތަކާއި އިޖްރާއަތްތައް މުރާޖާކުރުމާއި އެކު، މިފަދަ ހާލަތްތަކުގައި މައިގަނޑު އަމާޒަކަށްވާންވާނީ ކްރައިސިސް އިންޓަރވެންޝަން އަދި ޑީ-އެސްކެލޭޝަން ޓެކްނީކްސް ބޭނުންކުރުން ކަމުގައި ޔަގީންކުރުން. އަދި ދެމެހެއްޓެނިވި ގޮތެއްގެ މަތިން ފުލުހުންނަށް މިފަދަ ޕްރެޝާ  ބޮޑު ހާލަތްތައް މެނޭޖްކުރާނޭ ގޮތާއި އަދި މިފަދަ މުހިމުން މި ދާއިރާތަކުން ފުރިހަމަ ތަމްރީންދީ ރައްކާތެރިކަމާއި ބޭނުންވާ ހުނަރާއިތައް ދަސްކޮށްދިނުން.

• ޤާނޫނުލް އުގޫބާތާއި ޖިނާޢީ އިޖުރާއަތްތައް ބޭނުންކުރުމުގައި ރުޖޫއީ އިންސާފު ނޫނީ ރެސްޓޮރޭޓިވް ޖަސްޓިސްގެ ފަލްސަފާ ގެ އަލީގައި މަސައްކަތްކުރުމަށް، މިހާރު އަމަލުކުރަމުންދާ ސިޔާސަތުތަކާއި، ޤާނޫނުތަކާއި ގަވައިދުތައް މުރާއަޖާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ގައިދީންނަށްދެވޭ ފުރުސަތުތަކުގެ ތެރޭގައި މައާފުދިނުމާއި، ޕެރޯލް އަދި ޕްރޮބޭޝަން ދިނުމުގެ އުސޫލުތައް ހަރުދަނާ ކުރުމަށް ބާރުއެޅުން.
• ދިވެހި ފުލުހުންގެ ކަސްޓޯޑިއަލް ފެސިލިޓީތަކުގެ ހާލަތާއި ގުޅޭގޮތުންނާއި ޖަލުތަކާއި ކުޑަކުދިންނާއި އެހެނިހެން ފަރާތްތައް މަރުކަޒުކޮށްފައިވާ ތަންތަނާގުޅޭގޮތުން މިނިވަން މުއައްސަސާތަކުންނާއި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ދީފައިވާ ހުށަހެޅުންތަކާއި ލަފާތައް ވީހާވެސް އަވަހަށް ތަންފީޒުކުރުން.
ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: