ދުނިޔޭގައި އެންމެ މަޝްހޫރު އީ-ވޮލެޓް އަދި އީ- ކޮމާސްގައި މަސައްކަތް ކުރައްވާ މަޝްހޫރު ފާރާތްތައް ދިވެހިރާއްޖެއަށް ގެނެވި، އެފަރާތްތަކުގެ ހަރަކާތްތެރިވުން ރާއްޖޭގައި ގާއިމު ކުރެވިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ، ޑިޖިޓަލް އިންފްރާސްޓްރަކްޗާރ އާއި ލީގަލް ރިފޯމު ހަރުދަނާ ކުރުމަށާއި އަދި އިންޓަގްރޭޓެޑް ޕޭމެންޓް މޮޑަލްސްތައް ދިވެހިރާއްޖެއަށް ގެނެއުމަށް ދުނިޔޭގެ އެންމެ މަޝްހޫރު އީ ވޮލެޓް އަދި އީ ކޮމާސްގެ މަސައްކަތް ކުރައްވައި އެންމެ މަޝްހޫރު ފަރާތްތައް، ދިވެހި ރާއްޖެއަށް ގެންނާނެ ކަމަށެވެ.
ޑިޖިޓަލް އިންފްރާ ސްޓްރަކްޗާރި އާއި ލީގަލް ރިފޯމު ހަރުދަނާ ކުރުމަށާއި އަދި އިންޓަ ގްރޭޓެޑް ޕޭމެންޓް މޮޑަލްސްތައް ދިވެހިރާއްޖެއަށް ގެނެއުމަށް ދުނިޔޭގެ އެންމެ މަޝްހޫރު އީ-ވޮލެޓް އަދި އީ-ކޮމާސްގެ މަސައްކަތް ކުރައްވައި އެންމެ މަޝްހޫރު ފަރާތްތައް، ދިވެހި ރާއްޖެއަށް ގެނެވި އަދި އެ ފަރާތްތަކުގެ ހަރަކާތްތެރިވުން ދިވެހިރާއްޖޭގައި ޤާއިމް ކުރުމަށް ރައީސް ބަހައްޓަވައި ޝައުގުވެރިކަމާއި އެމަނިކުފާނު ގެންގުޅުވައި ހަރުދަނާ ޕޮލިސީ އިންޕްލިމެންޓްއަށް މަރުޙަބާ ދަންނަވަން
މިނިސްޓަރ ވިދާޅުވީ، މީގެ ކުރިން ރާއްޖެއަށް ޕޭޕަލް ތައާރަފް ނުކުރެވުނު ސަބަބަކީ، ރާއްޖޭގެ މާކެޓް ކުޑަވުން ކަމަށެވެ. އެހެން ނަމަވެސް މިއަދު ރައީސްގެ އިރުޝާދާއެކު، ސަރުކާރުން ކުރެއްވި މަސައްކަތުން ޕްރެޒިޑެންޓް ގްލޯބަލް މާރކެޓް ޕޭޕަލްސްގެ ފަރާތްތަކާއި ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރިއަށް ގެންދެވިއްޖެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އޮންލައިންކޮށް ޒުވާނުން އެތައް ވިޔަފާރިއެއް ކުރަމުންދާއިރު، ރާއްޖޭގެ ޑިޖިޓަލް އީ-ކޮމާސް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، އެ ގޮންޖެހުން ކުޑަކުރުމަށް ޕޭޕަލްގެ ޙިދުމަތް ރާއްޖޭގައި ތައާރަފްކުރުމަށް ކަމާއިގުޅުން ހުރި މާހިރުންނާއި މަޝްވަރާތައް ކުރުމަށްފަހު ޕޭޕަލް ކުންފުންޏަށް ރާއްޖޭގެ ފުލް ޕްރޮޕޯސަލް ހުށައަޅާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޕޭޕަލްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފައިސާ ފޮނުވުމާއި ފައިސާ ލިބިގަތުމަށް ބޭނުންކުރާ އެމެރިކާގެ ޕޭމަންޓް ސިސްޓަމެކެވެ. ދުނިޔޭގައި ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ މި ޕްލެޓްފޯމަށް އެކްސެސް ހޯދުމުގެ މަސައްކަތް ސަރުކާރުން ފެށީ ޖެނުއަރީ މަސް ތެރޭގައެވެ.

