ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ އިޤްތިޞާދީ ޙަރަކާތްތައް އިތުރުކުރުމަށް ”އިންވެސްޓަރ ވިސާ“، ޔޫއެސް ޑޮލަރުން ފައިސާ ލިބޭނެ: ސައީދު

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިނޮކޮމިކް މިނިސްޓަރު މުހައްމަދު ސައީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިޤްތިޞާދީ ދުވެލި އިތުރުކޮށް، ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ގެނައުމަށްޓަކައި ”އިންވެސްޓަރ ވިސާ“ ގެ ނަމުގައި އައު ވިސާއެއް ތަޢާރަފުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ ވިޝަންއެއްކަމަށް ޢިޤްތިޞާދާ ތަރައްޤީއާއި ވިޔަފާރިޔާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅިގެން ސައީދު ވިދާޅުވީ 2015 ވަނަ އަހަރު ތަޢާރަފު ކުރެވުނު ކޯޕަރޭޓް ރެސިޑެންސް ވިސާއަށް 2020 ވަނަ އަހަރު ބަދަލުތަކެއް ގެނެވުނު ނަމަވެސް، އެ ވިސާގެ ބަދަލުގައި މިހާރު ގެންނަން މި އުޅެނީ އިންވެސްޓަރުންނަށް ޚާއްޞަ ވިސާއެއްކަމަށެވެ.

މި އައު ވިސާ ތަޢާރަފުކުރުމުގެ މަޤްޞަދަކީ ކުރިއަރާފައިވާ ޤައުމުތަކުގައި ރިއަލް އެސްޓޭޓް ބާޒާރު ފުޅާކުރި ތަޖުރިބާއާއި، ބައިނަލްއަޤްވާމީ ފަންނީ ލަފާގެ އަލީގައި ރާއްޖޭގެ އިޤްތިޞާދީ ޙަރަކާތްތައް އިތުރުކުރުންކަމަށް ސަރުކާރުން ބުނެއެވެ. މި ވިސާގެ ސަބަބުން ރާއްޖެއަށް އިތުރު އިންވެސްޓްމަންޓްތައް ގެނައުމަށް މަގުފަހިވެގެންދާނެކަމަށްވެސް ސަރުކާރުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ސަޢީދު ވިދާޅުވީ މިއީ ޔޫއެސް ޑޮލަރުން ފައިސާ ލިބޭނެކަމެއްކަމަށެވެ. އަދި މި މަސައްކަތުގައި މިހާރު ކުރިއެރުންތަކެއް ލިބިފައިވ ކަމަށެވެ. މި ޕްރޮގްރާމް ކާމިޔާބު ކުރުމަށްޓަކައި ދުނިޔޭގެ މިކަމުގައި ކުރިއަރާފައިވާ ބައެއް ކުންފުނިތަކާއެކު މަސައްކަތްކުރަމުންދާ ކަމުގައި ސަޢީދު ވިދާޅުވިއެވެ.

ބޭރުގެ އިންވެސްޓަރުންނަށް އަމާޒުކޮށްގެން ގިނަ ޤައުމުތަކުން ތަޢާރަފުކޮށްފައިވާ އިންވެސްޓަރ ވިސާއަކީ، ބޭރުގެ ރައުސުލްމާލު އެ ޤައުމަކަށް ގެނައުމަށް މަގުފަހިކޮށްދޭ މުހިންމު ވަސީލަތެކެވެ. މި ވިސާގެ ދަށުން، ވަކިވަކި ފަރުދުންނަށް ބޭރު ޤައުމެއްގައި މާލީ ގޮތުން ބޮޑު އިންވެސްޓްމަންޓެއް ކޮށްގެން އެ ޤައުމެއްގައި ދިރިއުޅުމުގެ ފުރުޞަތު ލިބިގެންދެއެވެ.

އިންވެސްޓަރ ވިސާ ފަރުމާކުރެވިފައިވަނީ ބޭރުގެ ރައުސުލްމާލާއި ވިޔަފާރިވެރިން ޝައުޤުވެރިކުރުވާ ގޮތަށް، އެ ޤައުމެއްގައި ދިރިއުޅުމާއި މަސައްކަތްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށެވެ. މިފަދަ ވިސާ ދޫކުރާ ޤައުމުތަކުގެ މަޤްޞަދަކީ އިޤްތިޞާދީ ދުވެލި އިތުރުކޮށް، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: