ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒަކީ ގައުމިއްޔަތުގެ ސިފަތައް އިޔާދަ ކުރައްވާނެ ވެރިއެއް: ނަސީރު

ަގައުމީ ތަރިކައިގެ ކޮލެޖުގެ މަސައްކަތް ފެށިއްޖެ: ނަސީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒަކީ ގައުމިއްޔަތުގެ ސިފަތައް އިޔާދަ ކުރައްވާނެ ވެރިއެއްކަމަށް މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގައުމީ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ނަސީރު ވިދާޅުވީ މިއަދު ގައުމީ ދުވަސް ފާހަގަކުރަމުން ދާއިރު، ދިވެހިންގެ ގައުމީ ސިފަތަކާއި، ދިވެހިންގެ އަސްލުވަންތަ ސިފަތައް އަލުން އިޔާދަ ކުރުމުގެ ހާއްސަ މަޝްރޫއުއެއް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްދު މުއިއްޒު ފައްޓަވާފައިވާކަމަށެވެ. މި މަޝްރޫއުގެ ވަރަށް މުހިންމު ކަންތައްތަކެއް މިއަދުވެސް ތަމްސީލުވެގެންދާނެކަމަށް ނަސީރު ވިދާޅުވިއެވެ. ރައީސް މުއިއްޒު ދިވެހިންގެ މެދުގައި ސުލްހަވެރިކަމާއި އަމާންކަން އަދި  ހުނަރުވެރިކަމާއި މަސައްކަތްތެރިކަން އިޔާދަ ކުރައްވާނެކަމަށް ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ ރައީސްގެ މި ތަސައްވުރު ތަންފީޒު ކުރުމުގައި އެމަނިކުފާނު، ވަރަށް ހާއްސަ އިސްކަމެއް ދެއްވާ، އެހީތެރިކަން ފޯރުކޮށްދެއްވާކަމަށެވެ. އަދި ރައީސްގެ އިރުޝާދަށްޓަކައި ޝުކުރު އަދާ ކުރެއްވިއެވެ.

ހަމަ އެހެންމެ، މި ޖަލްސާގެ އަދި ގައުމީ ދުވަހާ ގުޅޭ އެންމެހާ ކަންކަމުގައި، ދެއްވި އިރުޝާދާއި އެހީތެރިކަން ފާހަގަކުރަން.

މިނިސްޓަރު ނަސީރު ވިދާޅުވިއެވެ. ދިވެހި ގައުމިއްޔަތު އިޔާދަ ކުރުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ނިޒާމުގެ ތެރޭގައި ހިމެނޭ، ވަރަށް މުހިންމު ގުނަވަނެއްކަމުގައިވާ ދިވެހި ގައުމުގެ އިސްވަރު މި ޖަލްސާގައި އިފްތިތާހުކުރާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ”އިސްވަރު“ މި ލަފްޒުގެ މާނައިން ދޭހަ ކޮށްދެނީ، ރާއްޖެ މިނިވަން ކޮށްދެއްވި ބަަތަލު، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށާއި، ގައުމުގެ ކަންކަން ބެލެހެއްޓުމަށް ވަރުގެ ނަމުގައި ގުރޫޕުތަކެއް އުފެއްދެއްވިކަމަށެވެ. އެއީ އިސްވެރިންގެ މައްޗަށް އެކުލެވޭ ބައެއްކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ނަސީރު ވަނީ ރައީސް މުއިއްޒު ގައުމިއްޔަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންގެ އަގުވަޒަން ކުރައްވާތީ ޝުކުރު އަދާ ކުރައްވާފައެވެ.

ގައުމިއްޔަތާއި އަމިއްލަ ވަންތަކަމަށް ވަރަށް ގިނަ ދިވެހިންގެ ޝައުގުވެރިކަން ހުންނަކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ރައްޔިތުން ތިބީ ދިވެހިންގެ ވާހަކަ ދައްކަވާނެ ވެރިއެއްގެ އިންތިޒާރުގައިކަމަށެވެ. އެހެންކަމުން މިއަދު މި ފެށެނީ ވަރަށް އުއްމީދީ މަސައްކަތެއްކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: