ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމާމުންގެ ދަފްތަރު އަލުން އެކުލަވާލާނީ އިމްތިހާނެއް ދިނުމަށްފަހު!

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒިރު ޑރ. ޝަހީމް އަލީ ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގައި އިމާމުވެ ހުކުރު ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

މާލެ ސީޓީގައި އިމާމުވެ ހުކުރު ނަމާދު ކުރާނެ ޚަޠީބުންގެ ފެންވަރު ވަޒަންކޮށް އަލުން ޚަޠީބުންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ފެށިގެން ދާނެކަން އިޢުލާނު ކުރެއްވީ ވަޒީރު ޑރ. ޝަހީމްއެވެ.  އަލުން ދަފުތަރު އެކުލަވާލުމުގައި އެކަމަށް އެދޭ ފަރާތްތަކަށް އެ ވުޒާރާގެ ފަރާތުން އިމްތިހާނެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އަލުން ދަފުތަރު އެކުލަވާލުމުގައި އެކަމަށް އެދި ވަޑައިގަންނަވާ ފަރާތްތަކަށް ވުޒާރާގެ ފަރާތުން އިމްތިހާނެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ދަފްތަރު އެކުލަވާލުމަށް ހަމަޖެހިފައިވަނީ އިމްތިހާނަށްފަހުގައެވެ.

މިކަމަށް އެދި ވަޑައިގަންނަވާ ބޭފުޅުން 15 ސެޕްޓެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ވުޒާރާއިން ތައްޔާރުކޮށްފައިވާ ގޫގުލް ފޯމް ފުރުއްވުމަށް އެދިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: