ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ދިވެހި ޤައުމަށް އިސްކަންދިނުން: ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ފަދައިން، ދިވެހި ޤައުމަށް އިސްކަންދިނުން، ”މޯލްޑިވްސް ފަސްޓް“ ޕޮލިސީ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖުގައެވެ. ނައިބުރައީސް ވިދާޅުވީ ރައީސް އަބަދުވެސް އިސްކަންދެއްވަނީ ދިވެހީންގެ މިނިވަންކަމާ، އަމިއްލަވަންތަކަން ކަށަވަރުކޮށް ބޭއްވެވުމަށާއި، ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނެ އެއްވެސް ކަމަކަށް މި ފަސްގަނޑުގައި ޖާގަ ނުދެއްވުމަށްކަމަށެވެ. އަދި ރައީސްގެ މި އަމާޒަށް ވާޞިލްވުމަށް އެންމެން އަޒުމު ކަނޑައަޅައި މަސައްކަތްކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މިއަދު އަޅުގަނޑުމެން ދިވެހީން އެއްރޫޙެއްގައި އަތާއަތްގުޅައި ޢަޒުމު ކަނޑައަޅަންވީ މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ދެމެހެއްޓުމަށް

އަދި އެމަނިކުފާނު ވަނީ ބޮޑުތަކުރުފާނު ފަދަ ބަޠަލުންގެ ހިންމަތުން ޢިބްރަތް ޙާޞިލްކޮށް، މި ޤައުމުގެ ޙައްޤުގައި ޖިހާދުކުރާނެ ޚިދުމަތްތެރި ދަރީންތަކެއް ބިނާކުރުމަށް ބާރުއަޅުއްވާފައެވެ.

ނައިބުރައީސް ވީޑިއޯ މެސެޖު ނިންމަވާލައްވާފައިވަނީ ޤައުމީ ދުވަހުގެ ހެޔޮއެދުންތައް ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވައި، ޤައުމުގެ ދެކެ ލޯބިވުން އިސްކުރުމަށް އިލްތިމާސްކުރައްވަމުންނެވެ. އަދި އެމަނިކުފާނު ވަނީ ޤައުމަށް ޚިދުމަތްކުރުމުގެ އަގުހުރި ވާޖިބު ތެދުވެރިކަމާއެކު އަދާކުރެއްވުމަށް ބާރުއަޅުއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: