ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާނެޓުން މޯބައިލް އެފް ބޭނުން ކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކިންގްސް ޕެކް ޕެކޭޖް ތައާރަފްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މީޑިއާނެޓުން މޯބައިލް އެފް ބޭނުން ކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކިންގސް ޕެކް ޕެކޭޖް ތައާރަފްކޮށްފިއެވެ.

މީޑިއާނެޓުން ބުނެފައިވަނީ މި ސެޕްޓެމްބަރު މަސް ފެށިގެން ދިޔައީ ކްލަބް މޯލްޑިވްސްގެ 19 ވަނަ އެޑިޝަންއާއި އެކުކަމަށެވެ. ކްލަބް މޯލްޑިވްސްއަކީ ރާއްޖޭގައި ބޭއްވޭ ފުޓްސަލް މުބާރާތް ތަކުގެ ތެރެއިން އެންމެ ބޮޑު އެންމެ ޕްރެސްޓިޖިއަސް އެއް މުބާރާތް ކަމަށެވެ. އެހެންކަމުން މި އަަހަރަކީ އައިސް ނެޓް ވޯކުން ކްލަބް މޯލްޑިވްސް ލައިވްކޮށް ބްރޯޑްކާސްޓު ކުރާ ދެވަނަ އަހަރު ކަމަށެވެ.

ކްލަބް މޯލްޑިވްސް އާއި ގުޅިގެން މީޑިއާނެޓުން މިހާރު މޯބައިލް އެޕް ބޭނުން ކުރައްވާ ކަސްޓަމަރުންނަށް ޕެކޭޖެއް ލޯންޗްކޮށްފައިވާ ކަމަށެވެ. ކިންގސް ޕެކް ޕެކޭޖަކީ ކުރިއަށް ދެއްކުމަށް ރާވައިފައިވާ މުބާރާތް ކަމަށްވާ ފީފާ ފުޓްސަލް ވޯލްޑް ކަޕް އާއި ގުޅިގެންވެސް ކުރިއަށް ގެންދާ ޕެކޭޖެއް ކަމަށް ވަނީ މައުލުމާތު ދީފައެވެ.

މީޑިއާނެޓުން މައުލޫމާތު ދިން ގޮތުގައި މޯބައިލް އެފް ބޭނުން ކުރައްވާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައާރަފް ކުރި ޕެކޭޖުގެ އަގަކީ 199 ރުފިޔާ ކަމަށާއި އަދި ޕެކޭޖް އެކްޓިވޭޓް ކޮށްލެވޭނީ 90 ދުވަހަށް ކަމަށެވެ. އަދި އެ ޕެކޭޖްގެ ދަށުުން ކަސްޓަމަރުންނަށް ކްލަބް މޯލްޑިވްސް ކަޕާއި، ފުޓްސަލް ވޯލްޑް ކަޕާއި އަދި ވީޑިއޯ ކްލަބްގެ ކޮންޓެންޓު ތަކާއިއެކު 80 އިތުރު ޗެނަލް ބަލާލެވޭނެ ކަމަށެވެ.

މީގެ އިތުރުން މީޑިއާނެޓު ކަސްޓަމަރުންނަށް މެދުކެނޑުމެއްނެތި މުނިފޫހިފިލުވުން ޔަގީންކުރުމުގެ މަގްސަދުގައި 2022 ވަނަ އަހަރު ތަޢާރަފްކުރި ”އޮޓޯ ރިނިއުވަލް“ ޚިދުމަތަކީ އެތައް ކަސްޓަމަރުންނަށް ލުއިފަސޭހަތަކެއް ލިބިގެން ދިޔަ ޚިދުމަތެކެވެ. މީޑިއާނެޓުގެ ސަބްސްކްރިޕްޝަނެއް ނަގައިގެން 30 ދުވަހުގެ މުއްދަތަކަށް ޗެނަލްތަކާއި އޭގެން ދައްކާ ޕްރޮގްރާމްތައް ޓީވީ އަދި އެމް އެސް ޑިޖިޓަލް މެދުވެރިކޮށް ފޯނުންވެސް ބަލާލެވެއެވެ.

ނަމަވެސް އެހެން ޚިދުމަތްތަކެކޭ އެއްފަދައިން އާންމު ދިރިއުޅުމުގެ ހަލަބޮލިކަމުގެ ތެރޭގައި ޚިދުމަތް މެދުކެނޑުމުގެ ކުރިން ކުރިއަށް އޮތް މަހަށް ފައިސާ ދައްކަން ހަނދާންނެތޭ ފަހަރުތަކުގައި އޮޓޯ ރިނިއުވަލް ޚިދުމަތަކީ މީޑިއާނެޓުން ތައާރަފުކުރި ފުރިހަމަ ޙައްލެކެވެ.

މީޑިއާނެޓުން މިހާރު ކުރިއަށް ގެންދާ އޮޓޯ ރިނިއުވަލް ޚިދުމަތަށް ޙާއްސަކޮށްގެން ހިންގާ ޕްރޮމޯޝަންގެ ދަށުން 30 ސެޕްޓްމްބަރ 2024ގެ ނިޔަލަށް މި ޚިދުމަތަށް ރަޖިސްޓަރ ކޮށްލައިގެން ގުރުއަތުން ހޮވޭ 03 ފަރާތަކަށް ޙާއްސަ އިނާމުތަކެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި:

ފުރަތަމަ އިނާމް: 1 އަހަރުގެ ހިލޭ މީޑިއާނެޓު ސަބްސްކްރިޕްޝަނެއް (ވޯންޓް އިޓް އޯލް ޕެކޭޖު)
ދެވަނަ އިނާމް: 6 މަސްދުވަހުގެ ހިލޭ މީޑިއާނެޓު ސަބްސްކްރިޕްޝަނެއް (ވޯންޓް އިޓް އޯލް ޕެކޭޖު)
ތިންވަނަ އިނާމް: 3 މަސްދުވަހުގެ ހިލޭ މީޑިއާނެޓު ސަބްސްކްރިޕްޝަނެއް (ވޯންޓް އިޓް އޯލް ޕެކޭޖު)

30 ދުވަހުގެ ސަބްސްކްރިޕްޝަން ހަމަވުމާއެކު އޮޓޯއިން ސަބްސްކްރިޕްޝަން ޖެހިގެން އަންނަ 30 ދުވަހަށް އައު ވެގެންދާނެއެވެ. މީޑިއާނެޓުން އަންނަނީ އަބަދުވެސް އެ ޚިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ. މި ޕްރޮމޯޝަންގެ އިތުރުން ރަމަޟާން މަހާއި ދިމާކޮށް އިތުރު ޕްރޮމޯޝަންތަކެއް ފެށުމަށް ހަމަޖެހިފައިވާކަމަށް މީޑިއާނެޓުން މައުލޫމާތުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: