ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަމީރު ޔޫއޭއީގެ ބޮޑުވަޒީރާ ބައްދަލުކޮށް، ރައީސްގެ ފަރާތުން ހާއްސަ ސިޓީއެއް

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ 52 ވަނަ ޔޫނިއަން ޑޭގެ މުނާސަބަތުގައި ހޮޓެލް ޖެންގައި ބޭއްވި ޖަލްސާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެން ޔޫއޭއީގެ ސަފީރާ ސަލާންކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ބޮޑުވަޒީރު ޝައުހު އަބްދުﷲ ބިން ޒައިދުއާއި ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ އެ ގައުމުގެ ރައީސް ޝައިހު މުހައްމަދު ބިން ޒާއިދުއަށް ރައީސް ޑރ. މުހައްމަދު ފޮނުއްވި ހާއްސަ ސިޓީއެއް ވަނީ އަރުވާފަ އެވެ. އަދި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

އެގޮތުން ޒަމީރު ވަނީ ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ޔޫއޭއީގެ ފަރާތުން ފޯރުކޮށްދިން އެހީތެރިކަމާއި ގުޅުމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ކުރިޔަށް އޮތްތަނުގައި އިތުރު މަސައްކަތްތައް ކުރެވޭނެކަމުގެ އުންމީދު ކުރައްވާކަމަށް ވަނީ ފާހަގަކުރައްވާފަ އެވެ.

މީގެއިތުރުން މި ދަތުރުފުޅުގެ ތެރެއިން މާކަނޑުގެ ދިރުންތަކާއި ސަރަޙައްދުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމާއި އަދި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާގުޅޭ މުއާހަދާ (ބީބީއެންޖޭ) މުއާހަދާގައި ދިވެހިރާއްޖެއިން ވަނީ ސޮއިކޮށްފަ އެވެ. މި މުއާހަދާގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ، އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހިމެނޭ އެންމެހައި ގުދުރަތީ ވަސީލަތްތައް ހިމާޔަތް ކުރުމަކީ ދިވެހިރާއްޖޭގެ ވަރަށް މަތީ މަސްއޫލިއްޔަތެއް ކަމުގައިވާއިރު، އެ ކަނޑުގެ ސަރަޙައްދު ހިމާޔަތްކުރުމުގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭރުގައި ހިމެނޭ ސަރަޙައްދު ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރަމުންދާކަން ކަށަވަރުކުރުމަކީ އެ މަސްޢޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: