ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ޕްރޮމޯޝަން މައްސަލަ؛ ހަމީދު ވިދާޅުވީ ޕީޖީގެ ލަފާ ހޯދުން ފުލުހުންނަށް ކޯޓުގައި ދިފާއު ކުރެވޭނެކަމަށް

ފުލުހުންގެ ވެހިކަލްތަކެއް:/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ޕްރޮމޯޝަންތައް މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި އެންގުމަށް އަމަލު ނުކުރީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދިން ލަފައަކަށް ބިނާކޮށް ބުނާ ބުނުމުން، ފުލުހުން ހައިކޯޓުގައި ދިފާއު ކުރަން ޖެހޭކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ޕްރޮމޯޝަންތައް މަޑުޖައްސާލުމަށް އޭސީސީ އެންގި އެންގުމަށް އަމަލުކޮށްފައި ނުވަނީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ލަފައަށްކަމަށް ފުލުހުން ވަނީ ހައިކޯޓުގައި ބުނެފަ އެވެ.

މި މައްސަލައިގައި ހައިކޯޓުގައި ކުރިޔަށް ދިޔަ އަޑުއެހުމުގައި ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ވިދާޅުވެފައި ވަނީ އޭސީސީގެ އެންގުމަށް ތަބާނުވުމަށް ފުލުހުން ނިންމާފައި ވަނީ ޕީޖީ އޮފީހުން އެގޮތަށް ލަފާދިނުމުން ކަމަށެވެ. އޭސީސީން މައްސަލަ ކޯޓަށް ހުށަހެޅީ އޭގެ ފަހުންކަމަށް ވަކީލު ވިދާޅުވި އެވެ.

ވަކީލުންގެ ވާހަކައަށް ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރައްވާފައި ވަނީ، ފުލުހުންގެ އިދާރީ ކަންކަމުގައި ގާނޫނީ ލަފާދިނުމާއި ކޯޓުތަކުގައި ފުލުހުން ތަމްސީލު ކުރުމުގެ ބާރު އޮންނަނީ އޭޖީގެ އޮފީހުންކަމަށްވާއިރު ފުލުހުންގެ ޕްރޮމޯޝަނުގެ މައްސަލައިގައި ޕީޖީގެ ލަފައެއް ހޯދި ސަބަބަށެވެ. އެގޮތުން ފުލުހުން ތަމްސީލު ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ވަޑައިގްނަނަވާއިރު، އެފަދަކަމެއްގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ލަފާ ހޯދީ ކީއްވެގެން ތޯ ސާފުކޮށްދޭން ފަނޑިޔާރުން އެދިވަޑައިގަތެވެ. ޖަވާބުގައި ވަކީލު ވިދާޅުވީ އެކަން އެގޮތަށް ކުރި ސަބަބެއް މިވަގުތު ސާފު ނޫންކަމަށެވެ.

މި މައްސަލައިގައި ދައުލަތުން ކޯޓުގައި ބުނެފައި ވަނީ ޕްރޮމޯޝަންތައް ދީފައިވަނީ ގޯސްކޮށްކަމަށް ސާބިތުވާ ހާލަތެއްގައި ޕްރޮމޯޝަންތައް އަތުލުމަށް ހުރަހެއް ނެތްކަމަށެވެ. އަދި އެގޮތަށް ދައުލަތުން ބުނުމުން ޕްރޮމޯޝަންގެ ދަށުން ފުލުހުންނަށް ދީފައިވާ ހުރިހާ މުސާރަތައް ވެސް އަނބުރާ ހޯދޭނެތޯ ބެންޗުން ސުވާލު ކުރައްވާފައި ވެއެވެ.

އޭސީސީ ކޯޓުގައި އަމުރަކަށް އެދުނުއިރު ޕްރޮމޯޝަންތަކުގެ މުސާރަ ދީފައިވާކަމަށް ވަކީލު ވިދާޅުވުމުން ރައްދުގައި އޭސީސީގެ ވަކީލު ވިދާޅުވީ ތަހުގީގުތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އެހެން ހުރިހާ ބާރެއް ވެސް އެ ކޮމިޝަނަށް ލިބިވެންވާކަމަށް ގާބޫނުގައިވާއިރު ކަންކަން ހުއްޓުވުމުގެ ބާރު ލިބޭކަމަށް ބަލަން ޖެހޭކަމަށެވެ.

ފުލުހުންގެ ޕްރޮމޯޝަންތައް މަޑުޖައްސާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެންގި އެންގުމަށް އަމަލުކޮށްފައި ނުވަނީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ލަފައަށްކަމަށް ފުލުހުން ވަނީ ހައިކޯޓުގައި ބުނެފަ އެވެ.

މި މައްސަލައިގައި ހައިކޯޓުގައި ކުރިޔަށް ދިޔަ އަޑުއެހުމުގައި ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ވިދާޅުވެފައި ވަނީ އޭސީސީގެ އެންގުމަށް ތަބާނުވުމަށް ފުލުހުން ނިންމާފައި ވަނީ ޕީޖީ އޮފީހުން އެގޮތަށް ލަފާދިނުމުން ކަމަށެވެ. އޭސީސީން މައްސަލަ ކޯޓަށް ހުށަހެޅީ އޭގެ ފަހުންކަމަށް ވަކީލު ވިދާޅުވި އެވެ.

ވަކީލުންގެ ވާހަކައަށް ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރައްވާފައި ވަނީ، ފުލުހުންގެ އިދާރީ ކަންކަމުގައި ގާނޫނީ ލަފާދިނުމާއި ކޯޓުތަކުގައި ފުލުހުން ތަމްސީލު ކުރުމުގެ ބާރު އޮންނަނީ އޭޖީގެ އޮފީހުންކަމަށްވާއިރު ފުލުހުންގެ ޕްރޮމޯޝަނުގެ މައްސަލައިގައި ޕީޖީގެ ލަފައެއް ހޯދި ސަބަބަށެވެ. އެގޮތުން ފުލުހުން ތަމްސީލު ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ވަޑައިގްނަނަވާއިރު، އެފަދަކަމެއްގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ލަފާ ހޯދީ ކީއްވެގެން ތޯ ސާފުކޮށްދޭން ފަނޑިޔާރުން އެދިވަޑައިގަތެވެ. ޖަވާބުގައި ވަކީލު ވިދާޅުވީ އެކަން އެގޮތަށް ކުރި ސަބަބެއް މިވަގުތު ސާފު ނޫންކަމަށެވެ.

މި މައްސަލައިގައި ދައުލަތުން ކޯޓުގައި ބުނެފައި ވަނީ ޕްރޮމޯޝަންތައް ދީފައިވަނީ ގޯސްކޮށްކަމަށް ސާބިތުވާ ހާލަތެއްގައި ޕްރޮމޯޝަންތައް އަތުލުމަށް ހުރަހެއް ނެތްކަމަށެވެ. އަދި އެގޮތަށް ދައުލަތުން ބުނުމުން ޕްރޮމޯޝަންގެ ދަށުން ފުލުހުންނަށް ދީފައިވާ ހުރިހާ މުސާރަތައް ވެސް އަނބުރާ ހޯދޭނެތޯ ބެންޗުން ސުވާލު ކުރައްވާފައި ވެއެވެ.

އޭސީސީ ކޯޓުގައި އަމުރަކަށް އެދުނުއިރު ޕްރޮމޯޝަންތަކުގެ މުސާރަ ދީފައިވާކަމަށް ވަކީލު ވިދާޅުވުމުން ރައްދުގައި އޭސީސީގެ ވަކީލު ވިދާޅުވީ ތަހުގީގުތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އެހެން ހުރިހާ ބާރެއް ވެސް އެ ކޮމިޝަނަށް ލިބިވެންވާކަމަށް ގާބޫނުގައިވާއިރު ކަންކަން ހުއްޓުވުމުގެ ބާރު ލިބޭކަމަށް ބަލަން ޖެހޭކަމަށެވެ.

އޭރު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި މުހައްމަދު ހަމީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީޖީގެ ލަފައެއް ފުލުހުން ހޯދި ސަބަބު ދައުލަތުން ކޯޓުގައި ދިފާއުކުރަން ޖެހޭކަމަށެވެ. އާންމުގޮތެއްގައި ފުލުހުން މިފަދަކަމެއްގައި ލަފައަކަށް އެދެނީ އޭޖީގައި ނަމަވެސް އޭސީސީގެ އެފަދަ އެންގުމެއް އައުމުން، އެކަމުގެ ހައިސިއްޔަތާއި ގުޅޭގޮތުން ޕީޖީގެ ލަފާ ހޯދިދާނެކަމަށް ހަމީދު ވިދާޅުވި އެވެ. އަދި އާންމުކޮށް އެގޮތަށް އަމަލު ކުރާކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަށް ބާރު ދޭ ހެއްކެއްގެ ގޮތުން ގާނޫނުއަސާސީގެ 223 ވަނަ މާއްދާ ނަންގަވައި ހަމީދު ވިދާޅުވީ އެ މާއްދާގެ ދަށުން ޖިނާއި ތަހުގީގުތަކާއި ގުޅޭގޮތުން ތަހުގީގީ އިދާރާތަކުގެ މައްސަލަތައް ބެލުމާއި ވިލަރެސް ކުރުމުގެ ބާރު ޕްރޮސެކިއުޓަރ ޖެނެރަލްއަށް ލިބިދީފައިވާކަމަށެވެ. ހަމީދު ވިދާޅުވީ މި ރައުޔުގެ ސާފު ރެކޯޑެއް ދައުލަތަށް ކޯޓަށް ހުށަހެޅިދާނެކަމަށެވެ.

މީގެއިތުރުން ހަމީދުގެ ޕޯސްޓަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވީ މި މައްސަލައިގައި ފުލުހުންނަކީ ތުހުމަތު ކުރެވޭ ފަރާތްކަމަށާއި އެހެންކަމުން އެ ހާލަތުގައި އެ ލަފާ ބަންޑާރަ ނައިބުގެ އޮފީހުން ނެންގެވުން ރަނގަޅުކަމަށެވެ. އެހެން ނަމަވެސް ތުހުމަތު ކުރެވޭ ކޮންމެ ފަރާތަކުން ތަހުގީގު ކުރާ އިދާރާތްތަކުގެ ބާރުވެރިކަމާއި ބެހޭ ގޮތުން ޕީޖީގެ ލަފާ ނަގަންވެއްޖެ ނަމަ އެއީ ދެކޮޅުޖެހޭކަމަކަށް ނުވާނެކަމަށް މުހުތާޒް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: