ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މަސައްކަތް ކުރައްވަނީ ދިވެހި އަސްކަރިއްޔާގެ އާރާއި ބާރު އަލުން ގާއިމުކޮށްދެއްވުމަށް: ޣައްސާން

ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ، ދިވެހި އަސްކަރިއްޔާގެ އާރާއި ބާރު އަލުން ގާއިމުކޮށްދެއްވުމަށްކަމަށް ޑިފެންސް މިނިސްޓަރ ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ގައްސާން އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ މި ދުވަހަކީ ދުނިޔޭގެ ޗާޓުގައި ދިވެހިންގެ ހިތްވަރާއި ފަންވަރު އަދި އަސްކަރީ ގޮތުން މީސްކޮޅު މަދަސް ކުޅަދާނެ ބައެއްކަން ގާއިމު ކުރެވުނު ދުވަސްކަމަށެވެ. އަދި މިއީ ޕޯޗިގީޒުންގެ އިސްތިއުމާރުން މި ގައުމު ސަލާމަތްކޮށްދެއްވި ދުވަސްކަމަށް ވެސް ގައްސާން ވިދާޅުވި އެވެ.

ގައްސާން ވިދާޅުވީ ރައީސް މަސައްކަތް ކުރައްވަނީ މި ފަހުރު އަލުން ރާއްޖެއަށް ގެނެސްދެއްވައި، ދިވެހި އަސްކަރިއްޔާގެ ބާރު އަލުން ގާއިމު ކުރެއްވުމަށްކަމަށެވެ. ދިވެހިންންނަކީ ދުނިޔޭގައި ފާހަގަކުރެވޭ ބައެއްކަމާއި، މުޅި ދުނިޔެއަށް އެކަން ދައްކަވައި ރައްޔިތުންނަށް އުފާ ފާގަތި ދުވަސްތަކެއް ގެނެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ގައްސާން ވަނީ ވިދާޅުވެފަ އެވެ.

ދަރުބާރުގޭގައި ބޭއްވެވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ދިވެހިރާއްޖެއަކީ އަބަދުވެސް ދުނިޔޭގެ ބާރުތަކުގެ ވާދަވެރިކަމުގައި ހަމަލާތައް ރައްދުވާ އަދި އެ ހަމަލާތައް ރޫޅާލައި އެ ހަމަލާތަކުން ސަލާމަތްވެގަންނަ ބަޔަކު އުޅޭ ގައުމެއް ކަމަށެވެ. އެގޮތުން ދިވެހީން އަޅުވެތިކުރުމަށް ޕޯޗުގީޒުން ފޮނުވި ލަޝްކަރާ ދެކޮޅަށް ދިވެހީން ތެދުވެ، އެ މީހުން ބަލިކޮށް، އަލުން މިނިވަންކަން ހޯދައިގަތްގޮތުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

ދިވެހީންނަކީ އަބަދުވެސް މިނިވަންކަމުގެ ބަޠަލުންކަން ފާހަގަކުރައްވައި އެމަނިކުފާނުގެ މުޅި ސިޔާސަތު ބިނާކުރައްވާފައި ވަނީ ވެސް މި އަސާސުގެ މައްޗަށްކަމުގައި ރައީސް ވިދާޅުވިއެވެ. ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި ބޭރުގެ ސިފައިން މިހާރު ގާއިމުވެ ނެތުމުގެ ސަބަބަކީ ވެސް އެއީކަމުގައެވެ. އަދި އެންމެ ޒަމާނީ ޓެކްނޯލޮޖީ ބޭނުންކޮށްގެން ރާއްޖޭގެ ސަރަޙައްދު ބަލަހައްޓަމުން ގެންދިއުމާއި ދިވެހި ޤައުމިއްޔަތުގެ ޚާއްޞަ ނިޒާމެއް ތަޢާރަފުކުރެވި ދާއިރާގެ ތަޢުލީމާ ހޭލުންތެރިކުރުމުގެ މަސައްކަތްތައް ކުރިޔަށްގެންދަވަނީ ވެސް އެ ބޭނުމުގައި ކަމުގައި ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: