ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރު އެތެރެ ކުރަން އުޅެނިކޮށް ހިފެހެއްޓި އިންޑިއާ މީހާ އާންމުކޮށް ރާއްޖެ އައިސް ޖެހިގެން އަންނަ ދުވަހު ފުރައިގެން ދޭ!

ބްލެކް މާކެޓުގައި ބަޔަކު ޑޮލަރު ވިއްކަނީ: ބްލެކް މާކެޓުގައި ބިދޭސީން ޑޮލަރުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރޭ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އާންމުކޮށް ރާއްޖެ ދަތުރުކޮށް އުޅޭ އިންޑިއާގެ ރައްޔިތަކަށް މަނީ ލޯންޑްރިންގެ ތުހުމަތު ކުރެވި ހައްޔަރުކޮށް އޭނާގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

އުމުރުން 27 އަހަރުގެ އަބްދުލް ރަގޫބް ނިސްތާރު ނަމަކަށް ކިޔާ، އިންޑިއާގެ ރައްޔިތު މީހާ ހައްޔަރު ކުރީ އޭނާގެ އަތުން ގިނަ އަދަދެއްގެ ޑޮލަރު ފެނުނުއިރު އެ ހޯދި ގޮތުގެ ތަފްސީލެއް ސާފުކޮށްދެވިފައި ނުވާތީ އެވެ. އިންޑިއާގެ އެ މީހާގެ މައުލޫމާތުތައް ހޯދިއިރު ރާއްޖެއަށް އެތެރެވުމަށް ފަހު ކޮންމެ ފަހަރަކު ވެސް ޖެހިގެން އަންނަ ދުވަހު ފުރައިގެން އެނބުރި ގައުމަށްދާކަން ފާހަގަކުރެވުނެވެ.

ރާއްޖެއަށް ގިނަ އަދަދެއްގެ ޑޮލަރު ގެނައި ސަބަބު ސާފުކޮށް ދެވިފައި ނުވާތީ، ޖިނާއީ ތުހުމަތުތަކެއްކޮށް އޭނާއަށް ބަންދުގެ މުއްދަތު ޖެހީ އެ ތުހުމަތަށެވެ.

މައްސަލައިގެ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން، އަބްދުލް ރަގޫބްގެ ވަކީލު ބުނެފައި ވަނީ އަތުލައިގަތީ ސައްހަ ފައިސާތަކެއްކަމަށާއި އެހެން ނަމަވެސް މަނީ ލޯންޑްރިންގެ ތުހުމަތު ކުރެވޭ އެއްވެސް ހެއްކެއް ފުލުހުންނަށް ނުދެއްކޭ ކަމަށެވެ. އަދި ކޯޓަށް ހާޒިރު ކުރީ އޭނާ ހައްޔަރު ކުރިތާ 24 ގަޑިއިރު ފަހުންކަމަށް ވާތީ، ޝަރުތުތަކެއްކޮށް ދޫކޮށްދިނުމަށް ވަކީލު އެދުނެވެ.

ރައްދުގައި ފުލުހުން ބުނީ ބިދޭސީ މީހާގެ އަތުން ޑޮލަރު ފެނި ސުވާލު ކުރުމަށް އޭނާ ފުރަތަމަ ހުރީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައިކަމަށާއި، ޖިނާއީ ތުހުމަތުތަކެއް ކުރެވޭތީ ފުލުހުންގެ ބަންދަށް ގެންދިޔައީ އޭގެ ފަހުންކަމަށެވެ. އަދި އެ ޑޮލަރުތައް ގެނައި ބަޔަކާއި ހަވާލު ކުރަންކަން އޭނާގެ އަތުން ފެނުނު ލިޔެކިއުންތަކުން އެނގޭކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އަބްދުލް ރަގޫބް ބަންދުގައި ފަސް ދުވަސް ބެހެއްޓުމަށް ނެރުނު ކޯޓު އަމުރުގައި ވަނީ ޖިނާއީ ތުހުމަތުތަކެއް ކުރެވުނު ހިސާބުން ފުލުހުންގެ ބަންދަށް ގެންދިޔަ ވަގުތާއި ކޯޓަށް ހާޒިރު ކުރި ވަގުތާއި ދެމެދު 24 ގަޑިއިރު ނުވާކަމަށެވެ. އަދި ރާއްޖެއަށް ގިނަ އަދަދެއްގެ ޑޮލަރު ގެނެސްފައިވާ ސަބަބު ސާފުކޮށް ދެވިފައި ނުވާކަމަށް އަމުރުގައި ވެއެވެ.

މީގެއިތުރުން ބިދޭސީ މީހާ ރާއްޖެއަށް ކުރި ދަތުރުތަކަށް ފަހު، ޖެހިގެން އަންނަ ދުވަހު ފުރައިގެންދާއިރު އެ އަމަލުގައި ޝައްކު ކުރެވޭ ކަންތަކެއް ހިމެނޭކަމަށް ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
83%ވަރަށް ގަދަ 3%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 6%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: