ރައީސުލްޖުމަހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒުގެ ސިޓީފުޅެއް އެކުވެރި ޢަރަބި އިމާރާތުން ( ޔޫ.އޭ.އީ )ގެ ރައީސަށް ފޮރިން މިނިސްޓަރ މުސާ ޒަމީރު އަރުވައިފިއެވެ.
ޚާރިޖީ ވަޒީރު މޫސާ ޒަމީރު، އެކުވެރި ޢަރަބި އިމާރާތަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ބޮޑުވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރު ޝެއިޚް ޢަބްދުالله ބިން ޒައިދު އަލް ނަޙްޔާންއާ އާއި ވަނީ ބައްދަލު ކުރައްވައި ފައެވެ. އަދި ޔޫ.އޭ.އީއިން ރާއްޖެއާ މެދު ބަހައްޓަމުން އަންނަ ގާތް ގުޅުމާއި ދޭ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި އެ ކަންކަމަށް ޚާރިޖީ ވަޒީރު ވަނީ ޝުުކުރު ދަންނަވައިފި އެވެ.
ދިވެހިރާއްޖެއާއި އެކުވެރި ޢަރަބި އިމާރާތާ ދެމެދު އޮންނަ ޒަމާންވީ، ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި ބައިނަލްއަޤްވާމީ މަސްރަހުގައި ދެ ޤައުމުން ގުޅިގެން ކުރާ މަސައްކަތްތައް އިތުރުކުމާ ގުޅޭގޮތުން ދެ ވަޒީރުންވަނީ މަޝްވަރާކުރައްވައި ފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި، ދިވެހިރާއްޖެއިން އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފް؛ އެމްބެސެޑަރ-އެޓް-ލާޖް އަޙުމަދު ނަސީރު؛ ސެކްރެޓަރީ، ބައިލެޓަރަލް، ޑރ. ހާލާ ހަމީދު؛ ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ؛ އަދި އެކުވެރި ޢަރަބި އިމާރާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރ ޙައްސާން ވަހީދު ވަނީ ބައިވެރިވެވަޑައިގަތް ފައެވެ.

