ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޮލު ރޯގާއިން ރައްކާތެރިވުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި

ހެލްތް ޕްރޮތެކްޝަން އެޖެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ލޮލުރޯގާގެ އަލާމާތްތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ ( އެޗްޕީއޭ ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ލޮލު ރޯގާއަކީ ތަފާތު ވައްތަރުގެ ބެކްޓީރިއާ އަދި ވައިރަސްގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށާއި އެ އަލާމާތްތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމު ކަމަށެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ލޯ ހިރުވުން، ލޮލުން ފެންއައުން، ލޮލުގައި މަޑުލުން އަދި ލޯ ރަތްވުން ހިމެނެއެވެ.

ލޮލު ރޯގާއިން ރައްކާތެރިވުމުގެ ގޮތުން ގިނަ ގިނައި ސައިބޯނި ލައިގެން އަތް ދޮވުމާއި، ޢާންމުކޮށް އަތްލާ ތަކެއްޗާއި އެތަންތަން ސާފުކުރުމާއި، ލޮލުގައި އަތްލުމާއި ނުވަތަ ލޯ އުގުޅުމުން ދުރުހެލިވުމަށް ވަނީ އެދިފައެވެ. ލޮލު ރޯގާއަކީ ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެކެވެ. އެހެންކަމުން، ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ރައްކާތެރިގޮތުގައި ނައްތާލުމާއި، ލޮލުރޯގާ ޖެހިފައިވާ މީހަކު ލޮލަށް އަޅަން ބޭނުންކުރާ ބޭސްފުޅި ބޭނުން ނުކުރުމަށް ވެސް ވަނީ އެދިފައެވެ.

ލޮލުރޯގާ ޖެހިއްޖެނަމަ ނުވަތަ ޖެހިއްޖެކަމަށް ޝައްކުކުރެވޭނެނަމަ، ޑޮކްޓަރެއްގެ ލަފައާއެކު ސިއްޙީ އެހީތެރިކަން ހޯދައި ފަރުވާ ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށް ފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: