ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުބާރާތްތަކުގައި ނަމެއްގައި ބައިވެރިވާން ދާ ދިޔުން މިހާރު ނިމުމަކަށް ގެނެވިއްޖެ: ސްޕޯޓްސް މިނިސްޓަރު

ސްޕޯޓްސް މިނިސްޓަރ ރާފިއު: ފޮޓޯ/ މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މުބާރާތްތަކުގައި ނަމެއްގައި ބައިވެރިވާން ދާ ދިޔުން މިހާރު ނިމުމަކަށް ގެނެވިއްޖެކަމަށާއި، މިހާރު ހުރިހާ ކުޅިވަރަކުންވެސް މުބާރާތްތަކުގައި ވާދަކުރަނީ ވަނަ ހޯދަންކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ރާފިޢު ވިދާޅުވީ ދިވެހިރާއްޖޭގެ ކުޅިވަރުތަކުން މީގެ ކުރީގައި މީގެ ކުރިން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރަނީ ހަމަ ނަމަކަށް ބައިވެރިވާ އުސޫލުންކަމަށެވެ. ނަމަވެސް މިހާރު އެކަން ބަދަލުވެއްފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާރު އެންމެންވެސް ބައިވެރިވަނީ ވަނަ ހޯދަންކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެން ދެކޭ ގޮތުގައި ބައިވެރިވާން ބައިވެރިވުން މިހާރު ނިމުމަކަށް ގެނެއްސި މި ރާއްޖޭގެ ކުޅިވަރުތަކުން. އެހެންވީމަ މިހާރު އަޅުގަނޑުމެން މި ބައިވެރިވަނީ ވަނަ ހޯދަން.

ރާފިޢު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޓީމްގެ ތެރޭގައި އޮންނަ ގުޅުމާއި، އޮފިޝަލުންގެ މެދުގައި ޓިމާ ދޭތެރޭ އޮންނަ ގުޅުމަކީވެސް ކާމިޔާބު ހޯދަން ބަލާއިރު މުހިންމު އެއްޗެއްކަމަށެވެ. މީގެ އިތުރުން އެސޯސިއޭޝަނާ ދެމެދުވެސް އޮންނަ ގުޅުންވެސް އެއް މުބާރާތުން އަނެއް މުބާރާތަށް ބަދަހިވާން ޖެހޭކަމަށް ވަޒީރު ވިދާޅުވި އެވެ.

އެއީ ޓީމް ސްޕިރިޓްގަވެސް، ޓީމް އެފަޓްގައިވެސް. އަޅުގަނޑު ދެކޭ ގޮތުގައި ފާއިތުވެދިޔަ ދުވަސްވަރުގައި އަޅުގަނޑުމެންނަށް ލިބުނު ނަތީޖާއަށް ވުރެ، ރަނގަޅު ނަތީޖާއެއް ލިބުމަކީ މި މުބާރާތް ކާމިޔާބުވުން.

ރާފިޢު ވިދާޅުވިއެވެ.

މުބާރާތެއްގައި ވާދަ ކުރާއިރު، އަމާޒަކަށް ވާންވާނީ އަބަދުވެސް ކާމިޔާބީ ހޯދުންކަމަށާއި، އެއީ ކުރިއަށްވުރެ ރަނގަޅަށް ޕާފޯމްކުރުންކަމަށް ވިދާޅުވިއެވެ. އަދި އަބަދުވެސް ކުރީ މުބާރާތަށްވުރެ އިތުރު ހަރުފަތެއް ކުރިއަށްދާން ޖެހޭނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: