ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޯސްޓްމޯޓަމް ހެދުމަށް އަތުހަރުގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވައިފި

އާދަމް އަތުހަރު، 32
ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ރަހީނު ކުރި މައްސަލާގައި ފުލުހުންގެ ހައްޔަރުގައި ހުއްޓާ ދަންޖެހެން ކުރި މަސައްކަތުން، ހާލު ސީރިއަސްވެގެން މަރުވި އާދަމް އަތުހަރުގެ ޕޯސްޓުމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު ރާއްޖޭން ބޭރަށް ފޮނުވައިފިއެވެ.

މިކަމާއި ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން ފުލުހުން ބުނި ގޮތުގައި މާދަމާ ހަޑިގަނޑުގެ ޕޯސްޓްމޯޓަމް ހަދާނެއެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރަހީނުކޮށް އޭނާގެ ކަރުގައި ވަޅިއެއް ޖައްސައިގެން އިންޒާރު ދިން މަންޒަރު ވެގެން ދިޔައީ ރާއްޖޭގައި ބަޔަކަށް ހާމަކަން ބޮޑުކޮށް ފެނުނު މިފަދަ ފުރަތަމަ ހާދިސާއަށެވެ. މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓައި ކުށުގެ ތުހުމަތު ކުރެވޭ އަތުހަރު އަހަރު އަމިއްލައަށް މަރުވާން މަސައްކަތްކޮށްގެން، އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް އާދީއްތަ ދުވަހު ވަނީ މަރުވެފައެވެ.

އެއާއިއެކު އުފެދުނު ބަހުސްތަކަށް އިތުރުވީ، އޭނަ މަރުވީ ޖަލު ގޮޅީގައި ފުލުހުން އަނިޔާ ކުރުމުން ތޯ ނުވަތަ ހަގީގަތަށް ވެސް ދަންޖެހުނުތޯއެވެ. ޖަލު ގޮޅިއެއްގައި ދަން ޖެހެން މީހަކަށް ބޭނުން ކުރެވިދާނެ އާލަތްތަކެއް ހުރެދާނެތޯ ސުވާލު އުފެއްދި މީހުން ވެސް ތިއްބެވެ.

އަތުހަރުގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ ފުލުހުންކަމަށް ބުނަމުން ދަނިކޮށް އިސްކަންދަރުކޮށީގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިއެވެ. އެ ބައްދަލުވުމަކީ މައްސަލައިގެ ބާވަތުން ސިއްރުން ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ. އެ ބައްދަލުވުމަކީ ވީޑިއޯ ނުވަތަ އޯޑިއޯ އަދި އެ ނޫންވެސް ގޮތަކަށް އެއްވެސް އެއްޗެއް ރިކޯޑް ކުރުމުގެ ހުއްދަ ދީގެން ބޭއްވި ބައްދަލުވުމެއް ނޫނެވެ. އެ ބައްދަލުވުމުގައި ޖަލު ގޮޅީގެ މަންޒަރު ފެންނަ ރޯ ފުޓޭޖު މީޑިއާތަކަށް ފުލުހުން ދެއްކިއެވެ.

އޮފް ދަ ރެކޯޑުގައި، ކެމެރާ ނުވަތަ ފޯނު ވެސް ނުވެއްދޭ ގޮތަށް އެ ވީޑިއޯ ފުލުހުން ދެއްކުމުން ސާފުވި އެއްކަމަކީ ގޮޅީގައި އަތުހަރަށް ފުލުހުން އަނިޔާއެއް ދީފައި ނުވާކަމެވެ. އެހެން ނަމަވެސް ދަންޖެހެން މަސައްކަތްކޮށް، ހަރަކާތެއް ނެތި 30 މިނެޓު ގޮޅީގައި އޮވެއެވެ. އެ ހުރިހާ ވަގުތެއް ހިނގައިދިޔައިރު، އަދި އޭނާ ގޮޅީގައި އެކަމަށް މަސައްކަތް ކުރަމުން ދިޔައިރު ވެސް ފުލުހުންނަށް އެކަން ނޭނގެއެވެ.

މި ވީޑިއޯއަށް ފަހު ނޫސްވެރިންނަށް ސީދާ ވީޑިއޯއާއި ގުޅުވައި ސުވާލު ކުރުމަށް ހުޅުވާލުމުން، ގިނަ ނޫސްވެރިން ފާހަގަކުރީ އަތުހަރު ގޮޅީގައި ދަންޖެހުނުކަން އެނގެން ފުލުހުން ނެގި ވަގުތެވެ. އަދި އެކަމަށް ބޮޑު ސުވާލެއް އުފައްދަން ޖާގަ ލިބެނީ މީގެ ދެ މަހެއް ކުރިން ޖަލު ބަންދުގައި ހުރި މީހަކު ވެސް ގޮޅީގައި ނިޔާވިތާ 15 ވަރަކަށް މިނެޓު ފަހުން އެކަން އެނގުމުންނެވެ. އޭރު ހޯމް މިނިސްޓަރ އަލީ ސިހުސާން ވިދާޅުވީ ޖަލު ގޮޅިތައް މޮނީޓަރ ކުރުމުގެ އުސޫލު ހަރުދަނާ ކުރާނެކަމަށެވެ.

އިހުސާން ވިދާޅުވި ގޮތުގައި މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަނާއި، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ތަހުގީގެއް ދަނީ ކުރިޔަށެވެ. އެހެންކަމުން ތަހުގީގަށް އަސަރުކޮށްފާނެ މައުލޫމާތެއް ދެވެން ނެތްއިރު، ވީޑިއޯގެ އިތުރަށް ފުލުހުން މީޑިއާތަކަށް ހިއްސާ ކުރާނެ ވާހަކައެއް ނެތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: