ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނާއެކު ދެ މީހަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ އިއްޔެ ހަވީރު 16:05 ހާއިރު މާލޭ ގެއެއްގެ ތެރޭގައި ހުރި މީހެއްގެ އަތުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކުރި ދިވެހި ދެ ފިރިހެނުންގެ އަތުން ފެނިފައި ވަނީ އިލެކްޓްރޯނިކް ސާާމާނެވެ. އެ ދެ މީހުންނަކީ ބ. ދަރަވަންދޫ، ވިދުވަރު، ހުސެއިން ޝާއިފް، 32 އާއި މ. ދާރުލްގަރާރު، އިސްމާއިލް ވިޝާލް، 30، އެވެ.

އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު ފުލުހުން މިހާރު ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ފަހަކަށް އައިސް މާލޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް ދަނީ ގިނަވަމުންނެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ވެސް ދައްކާ ގޮތުގައި މާލޭ ސަރައްދުގައި ކޮންމެ މަހަކު ވެސް އެންމެ ގިނައިން ރިޕޯޓު ކުރަނީ ވައްކަމުގެ މައްސަލަތަކެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: