ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ސަރުކާރޭ ކިޔަން ޖެހެނީ، ވެރިކަމުގައި ތިބެ އެވަރު ކުރީތީ: މުފީދު

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އާންމު ރައްޔިތުންނަށް މަސައްކަތް ހަވާލުކޮށް ހަރަދު ކުރުވުމަށް ފަހު އެ މަސައްކަތަށް ދޭން ޖެހޭ އެޑްވާންސް ފައިސާ ވެސް ދީފައި ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު ވިދާޅުވެއްޖެއެވެ.

ބަޖެޓުގައި ބައެއް މަޝްރޫއުތަކަށް ޖަހާފައި ހުރީ އަންރިއަލިސްޓިކް އަދަދުތަކެއްކަމަށް އިގްތިސާދީ ހާލަތުގެ ކަންބޮޑުވުންތަކުގެ މައުލޫމާތު ދިނުމަށް ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވިދާޅުވެފައި ވެއެވެ. އެގޮތުން ބަންދަރު ހެދުމާއި، މަގު ހެދުން ނުވަތަ ފުޓްބޯޅަ ދަނޑެއް އެޅުމަށް ހިމަނާފައި ވަނީ އެ މަސައްކަތަކަށް ބޭނުންވާ އަދަދަށް ވުރެ މާ ކުޑަ އަދަދުތަކެއްކަން ފާހަގަކުރި އެވެ. އެއާއި އެކު ބައެއް މަޝްރޫއުތަކަށް ހިންގަން ޕްލޭންކޮށްފައި ވަނީ ހަރަދު ބޮޑުކޮށް، ގިނަ ފައިސާ ހޭދަވާގޮތަށްކަމަށް ވަނީ ބުނެފަ އެވެ.

ޗުއްޓީގައި އޮތް ރައްޔިތުންގެ މަޖިލިސް މަސައްކަތަށް އެނބުރި އައިސް ކުރާނެ މުހިންމު އެ މަސައްކަތަކީ ބަޖެޓުގެ މަސައްކަތަށްވާއިރު، ކުރީގައި ހުރި މި މައްސަލަތައް ފާހަގަކުރުމުން މުފީދު ވިދާޅުވީ އެއީ ރައްޔިތުންނަށް ރަނގަޅުކަމެއްކޮށްދިނުމުގެ ބަދަލުގައި ބަޔަކަށް މަންފާ ނަގައިދޭން ހިމަނާފައި ހުރި އަދަދުތަކެއް ކަމަށެވެ.

ދިވެހި ރައްޔިތުން މި ބުނަނީ ކޮބާހޭ ތިމީހުން ހެދިހާ ޕީއެސްއައިޕީ ޑޮމެސްޓިކް ބަޖެޓުތަކުގައި.. ކިހާވަރެއް ރިއަލައިޒް ވާނެހޭ.. ކިހާވަރަކަށް އެކަންކަން އިމްޕްލިމެންޓު ކުރެވިދާނެހޭ.. އަޅުގަނޑުމެންނަށް ފެންނަނީ ރަށެއްގެ ބޮޑު ބަނދަރެއް ކޮނުމަށް ޖަހާފައި ހުރެދާނެ 50،000 ރުފިޔާ.. އެއްލަކަ ރުފިޔާ.. ރަށެއްގެ މަގު ހަދައި ތާރުއެޅުމަށް ހުރެދާނެ ދެލައްކަ ރުފިޔާ.. މިކަހަލަ އަންރިއަލިސްޓިކް ބަޖެޓުތަކެއް ހަދައިގެން ހުރިހާކަމެއް ގެންދިޔައީ..

މުފީދު ވިދާޅުވީ ޕީއެސްއައިޕީގެ ގިނަ ޕްރޮޖެކްޓުތައް ބަޖެޓުގައި ހިމަނާފައި އޮތްކަމަށާއި، އޭގެ ތެރެއިން ނިންމާފައި ވަނީ ކިތަށް މަޝްރޫއުތޯ ރައްޔިތުން ވިސްނާލަން ޖެހޭކަމަށެވެ. އަދި ޕްރޮޖެކްޓު ފައިސާ ދޫކުރުމަށް ފަހު، އެ މަސައްކަތް ނުކޮށް ފިލައިގެން ދިޔައީ ކިތަށް މީހުންތޯ ސުވާލު ކުރެއްވި އެވެ.

ރާއްޖޭގެ ދަރަނި 120 ބިލިއަނުގައި ހުރިއިރު، މުފީދު ވިދާޅުވީ ކުންފުނިތަކުން އާންމު ރައްޔިތުންނަށް ދޭން ޖެހޭ ފައިސާ ވެސް ބިލިއަނުން މައްޗަށް އަރާކަމަށެވެ. އެޑްވާންސް ފައިސާ ދީފައި ނުވާ މައްސަލައާއި، މުސާރަތައް ނުދޭ މައްސަލަ ހުރިއިރު ކުރީ ސަރުކާރުގެ ވާހަކަ ދެއްކުން ނޫން ގޮތެއް ހިތްހަމަނުޖެހުނަސް ނެތްކަމަށް މުފީދު ވިދާޅުވި އެވެ.

މުފީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ ކުރިޔަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެ މައްސަލަ ހައްލު ކުރުންކަމަށާއި، ގައުމުދެކެ ލޯބިވާ ވެރިންނަކީ އެއީކަމަށެވެ.

ކުރީ ސަރުކާރޭ… ކުރީ ސަރުކާރޭ.. ކުރީ ސަރުކާރޭ ކިޔަން ޖެހެނީ، ކުރީ ސަރުކާރޭ ކިޔަން ލާޒިމު ކުރުވައޭ ދިވެހިންގެ މައްޗަށް.. އެވަރަށް ވިޔާނުދާކަންކަންކޮށްފައި ދިވެހިންގެ އަތުގައި އޮތް، ބޮޑު ފޮށީގެ އަޑީގައި ފޮރުވާފައި އޮތް ދެ ރުފިޔާ ވެސް ހަރަދު ކުރުވައިގެން އޮތީ އެޑްވާންސް ވެސް ނުދީ..

އެމްޑީޕީގެ ސަރުކާރުގެ ގޯސްތަކުގެ ވާހަކަ ދެއްކުމުން، އެއީ ކުރީ ސަރުކާރުގެ ބަހާނާ ދެއްކުންކަމަށް ސިފަކޮށް އެކަމަށް ނުރުހުންވަނީ އެއީ ތެދަކަށް ވާތީކަމަށް މުފީދު ވިދާޅިވި އެވެ. މުފީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ފައިސާ ޗާޕުކޮށް، ދަރަނި ނަގައިގެން ގައުމަށް އާމްދަނީއެއް ލިބޭނެ އެއްވެސް ގޮތެއް ހޯދާފައި ނެތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: