ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮޓަރިއަކަށް ދައުވަތުދީގެން ގެންގޮސް، ކޭޝްކާޑާއި ރުފިޔާ ފޭރިގަތް މައްސަލައެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ފިރިހެނަކު ހުއްޓުވާ އޭނާއަށް ކޮޓްރިއަކަށް ދައން ދިއުމަށް ދައުވަތު ދިނުމަށްފަހު އޭނާގެ އަތުން 53،000 ރުފިޔާ ފޭރިގަނެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މީޑިއާތަކަށް މައުލޫމާތު ދިންގޮތުގައި އޮގަސްޓު 26 ވަނަ ދުވަހުގެ 21:30 ހާއިރު އައި.ޖީ.އެމް.އެޗް ކައިރިން ފިރިހެނަކު ހުއްޓުވާ އޭނާއަށް ރޫމައަކަށް ދިއުމަށް ދައުވަތު ދިނުމަށްފަހު އޭނާގެ އަތުން ރުފިޔާތަކެއް ފޭރިގަނެފައިވާ ކަމަށް ވަނީ ބުނެފައެވެ.

މާފަންނު މުރަންގަ މަގުގައި ހުރި ގެސްޓު ހައުސްއަކަށް ގެންގޮސް އިތުރު ފިރިހެނަކާއި ބައިވެރިވެގެން ދިވެހި ފިރިހެނަކު ރަހީނުކޮށް އޭނާގެ ޕޯނާއި ކޭޝް ކާޑް އަތުލައި އޭނާގެ އެކައުންޓުން 53،000 ރުފިޔާ ފޭރި ގަނެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށް އެ މުވައްސަސާއިން ވަނީ ބުނެފައެވެ.

މިމައްސަލައިގައި 27 އަހަރުގެ އާއިޝަތު މަލްޒާ މޫސާދީދީ ކިޔާ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވަނީ މައުލޫމާތު ދީފައެވެ. އަދި އެ މައްސަލަ އާއި ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ގާޒީ އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންކަމަށް އެ މުވައްސަސާއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: