ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމިގްރޭޝަނުގެ ނަމުގައި ގުޅައިގެން ސްކޭމްކޮށް، ބޭންކު މައުލޫމާތު ހޯދާ މައްސަލައެއް

މޯލްޑިވްސް އިމިގްރޭޝަނުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން/ ފޮޓޯ: އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިމިގްރޭޝަން ޔުނީފޯމާއި އެއްވަތަރު ހެދުމެއްގައި ތިބެ ބަޔަކު ވީޑިއޯ ކޯލްކޮށް ސްކޭމްކުރާ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

އިމިގްރޭޝަނުން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ވަޓްސްއެޕް މެދުވެރިކޮށް ރާއްޖެއިން ބޭރު ގައުމެއްގެ ނަންބަރުން އަންނަ ވީޑިއޯ ކޯލްތަކެއްގައި އިމިގްރޭޝަން ޔުނިފޯމް އާއި ވައްތަރު ޔުނިފޯމެއް އަޅައިގެން ބަޔަކު އާންމުންނަށް ގުޅައި އެމީހުންގެ ޒާތީ މައުލޫމާތާއި، ބޭންކު ކާޑުގެ މައުލޫމާތު ހޯދަމުންދާކަން އެ އިދާރާއަށް ފާހަގަކުރެވިފައި ކަމަށެވެ.

ބޭރު ގައުމެއްގެ ނަންބަރުން އަންނަ ވީޑިއޯ ކޯލްތަކެއްގައި އިމިގްރޭޝަން ޔުނިފޯމް އާއި ވައްތަރު ޔުނިފޯމެއް އަޅައި، އެފަދަ ސްކޭމް ކޯލްތަކަށް ސަމާލުވުމަށް އެންމެހާ ފަރާތްތަކަށް ވަނީ އިލްތިމާސްކުރައްވައި ފައެވެ. އޮންލައިން އަދި އެހެނިހެން ގޮތްގޮތުންވެސް ހިންގާ ސްކޭމް ތަކަށް ސަމާލުވުމަށް ފުލުހުން ދަނީ އަބަދުވެސް އިލްތިމާސް ކުރަމުން ނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: