ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯގެ ދަށަށް ފެނަކަ ލީ، ވަގުތީ މުއައްޒަފުން ވަކިކުރަންކަމަށް ބެލެވޭ: ޝަރީފް

ސްޓެލްކޯގެ ކުރީގެ އެމްޑީ ޝަރީފް: ފޮޓޯ/އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯގެ ދަށަށް ފެނަކަ ކުންފުނި ހިންގުމަށް ނިންމާފައިވަނީ އެ ކުންފުނީގެ ވަގުތީ މުއައްޒަފުން ވަޒީފާއިން ވަކި ކުރުމަށްކަމަށް ސްޓެލްކޯގެ ކުރީގެ އެމްޑީ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން ”ހަވަރު ބެރު“ ގެ ނަމުގައި ބާއްވަމުންދާ ސިލްސިލާ ޕެނަލް ޑިސްކަޝަން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ޝަރީފްވަނީ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހިމެނުމަށް ނިންމާފައިވާ ނިންމުމަށް ފާޑުވިދާޅުވެފައެވެ.

ޝަރީފް ވިދާޅުވީ، އެކަމުގެ ފަހަތުގައި ވަރަށް ވަރުގަދަ ސިއްރު އެޖެންޑާއެއް ހިމެނޭކަމަށް ގަބޫލުކުރެއްވޭކަމަށެވެ.

ފެނަކައިގެ ދާއިމީ މުއައްޒަފުންނަށް މުސާރައިގެ ގޮތުގައި 23 މިލިއަން އާއި ގާތްކުރާ އަދަދެއް ހަރަދުކުރަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ވަގުތީ މުއައްޒަފުންގެ ގޮތުގައި ގިނަ އަދަދެއްގެ މީހުން ވަޒީފާއަށް ނަގާފައިވާއިރު އެ މީހުންގެ މުސާރައިގެ ގޮތުގައި 70 މިލިއަނާއި ގާތްކުރާ އަދަދެއް ހަރަދުކުރާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އެހެންކަމުން އެސްޓީއޯގެ ސަބްސިޑިއަރީއެއްގެ ގޮތުގައި ފެނަކަ ހެދުމުގެ ފަހަތުގައިވާ މަގުސަދަކީ ވަގުތީ މުއައްޒަފުންގެ ގޮތުގައި ތިބި މީހުން ވަޒީފާއިން ވަކި ކުރުންކަމަށް ބެލެވޭކަމަށާއި އެގޮތަށް ކަންކަން ކޮށްފި ހާލަތެއްގައި އެ ކުޅެވެނީ ވަރަށް ގިނަ އާއިލާތަކާއި ކަމަށް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، މިހާރުގެ ސަރުކާރާއި އެމްޑީޕީގެ ވެރިކަމުގައިވެސް ފެނަކަ ހިންގުމަށްޓަކައި ބޮޑު އަދަދުތަކުން ފައިސާ ދީފައިވާކަމަށެވެ. އެހެންކަމުން އެސްޓީއޯގެ ސަބްސިޑިއަރީއެއްގެ ގޮތުގައި ހިމެނުމުގެ މައިގަނޑު ބޭނުންތަކުގެ ތެރޭގައި ފިނޭންސްއިން އެ ކުންފުންނަށް ދޭންޖެހޭ ފައިސާ ނުދީ އެސްޓީއޯއިން އެ ފައިސާ ދޭންޖެހޭ ގޮތަށް ހެދުމަކީ މި ބަދަލު ގެނައުމުގެ ބޭނުން ކަމަށް ގަބޫލު ކުރައްވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފެނަކަ ސްޓެލްކޯގެ ސަބްސިޑިއަރީއެއްގެ ގޮތުގައި ހިމެނުން މާ ރަނގަޅުވާނެ ކަމަށާއި އެކަމުގެ ސަބަބުން ކުންފުންޏަށާއި ރައްޔިތުންގެ ހިދުމަތްތަކަށް މާ ފައިދާ ބޮޑުކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. ސަބަބަކީ ދެ ކުންފުނިންވެސް ދާދި އެއް މަސައްކަތްތަކެއް ކުރަމުންދިއުންކަމަށާއި އެހެންކަމުން އެ ދެ ކުންފުނި އެއްކޮލުން މާ އެކަށީގެންވާކަމަށް ފެނިގެންދާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: