ފަވަރަ ކްރެޑިޓް ޓްރާންސްފާގެ ހިދުމަތުގައި ޑިލޭތަކެއް އުޅޭކަމަށް ބެންކް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.
ބެންކުން އާންމުކޮށްފައިވާގޮތުން، އެ ކުންފުނީގެ ބައެއް ކަސްޓަމަރުންނަށް ފަވަރަ މެދުވެރިކޮށް ފޮނުވާ ފައިސާ ލިބުމުގައި ޑިލޭތައް ވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން މިހާރު އެ މައްސަލަ ހައްލުކުރުމަށް މަަސައްކަތްތައް ކުރެވެމުންދާކަމަށާއި، ކަސްޓަރުންނަށް އެކި ފަރާތްތަކުން ފޮނުވާ ފައިސާ ލިބޭކަން ޔަގީންކޮށްދިނުމުގެ ގޮތުން އެ ކުންފުނީގެ ޓީމުތަކުން ޓްރާންސެކްޝަންތައް ޕްރޮސެސްކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް މައުލޫމާތު ދީފައިވެއެވެ.
ބެންކުންވަނީ މިކަމުގެ ސަބަބުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް މާފަށް އެދިފައެވެ. އަދި ކަސްޓަމަރުންގެ ކެތްތެރިކަމަށް ޝުކުރުވެރިވާކަމަށްވެސް ބަޔާނުގައިވެއެވެ.

