އއ. އުކުޅަހުގައި ސައިކަލަށް 4 މީހުން އަރުވައިގެން ދުއްވި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ ސެޕްޓެންބަރު 8 ވަނަ ދުވަހުގެ ހަވީރު އުކުޅަސް ބަނދަރު ސަރަހައްދުން ސައިކަލެއްގައި 4 މީހުން އަރުވައިގެން ބާރު ސްޕިޑުގައި ނުރައްކާތެރިކޮށް ދުއްވާފައި ދަނިކޮށް މަޑުކުރަން ފުލުހުން އަންގާފައިވާކަމަށެވެ.
އެހެންނަމަވެސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ހަޑިހުތުރު ބަހުން ހަޅޭއްލަވައި އަޑުގަދަކޮށް އެ ސަރަހައްދުގެ އާންމު މަސްލަހަތު ނަގާލައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ސައިކަލު މަޑުނުކޮށް ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައިގޮސްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން، އއ. އުކުޅަސް / ޑޭޒީމާގެ، އަޙްމަދު ނަސީމު (29އ) ސެޕްޓެންބަރު 9 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންހައްޔަރުކޮށްފައި ވާކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހަށް ބަނދުކުރުމަށް އަމުރުކޮށްފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން.

