ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

50 އިންސަތައިގެ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް އެލައިޑުން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެލައިޑް އިންޝުއަރެންސްއިން ލައިފް އިންޝުއަރެންސާއި ގުޅުވައިގެން ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެލައިޑް އިންޝުއަރެންސްއިން ސަންގަށް މައުލޫމާތު ދެމުން ބުނެފައިވަނީ ލައިފް އިންޝުއަރެންސާއި ގުޅުވައިގެން ޕްރޮމޯޝަނެއް ފަށާފައިވާކަމަށެވެ. އެލައިޑުން ބުނެފައިވަނީ ލައިފް އިންޝުއަރެންސްގެ އަލަށް ނަގާ ޕޮލިސީތަކަށް 50 އިންސައްތައިގެ ޑިސްކައުންޓެއް އެ ކަސްޓަމަރަކު ނަގާ ޕްރިމިއަމަކުން ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ލައިފް އިންޝުއަރެންސްގެ ސޭވިންގ ޕްރޮޓެކްޝަން އޭސްޕެކްޓް އެކުލެވޭ މައިގަނޑު 4 ޕްލޭނެއް އޮތްކަމަށް އެލައިޑުން ވަނީ ބުނެފައެވެ.

  • ކަމަނަ ޕްލޭން

ކަމަނަ ޕްލޭނަކީ އަންހެނުންނަށް ހާއްސަކޮށްފައިވާ ޕްލޭންއެކެވެ. މި ޕްލޭންގެ ދަށުން ޕޮލިސީ މުއްދަތު ކޮންމެ ދެ އަހަރަކުން، ވެލިއުގެ ވަކި އިންސައްތައެއް ކްލައިންޓަށް ލިބިގެންދާނެ އެވެ. އަދި ފޮލިސީީގެ ފުލް މުދަތު ހަމަވުމާއެކު ގަޑުކޮށް ޕޮލިސީގެ ވެލިއުއާއި އެއްފަދަ ވެލިއުއެއް ބޯނަސްއާއި އެކު ލިބިގެންދެއެވެ.

ކުންފުނީގެ ކޮންމެ ޕްލޭނެކޭ އެގޮތަށް ޑެތު ބެނިފިޓްގެ ގޮތުގައިވެސް ޕޮލިސީ ނަގާ ފަރާތް ނިޔާވެއްޖެ ހާލަތުގައި ޕޮލިސީގެ ވެލިއުއާއި އެއްވެލިއުއެއް ކުންފުނިން ޕޮލިސީ ނަގާފަރާތުގެ އާއިލާއަށް ލިބޭނެ އެވެ.

  • ސެކަންޑަރީ އެކްސްޕެންސް ޕްލޭން

މި ޕްލޭނަކީ ކުއްޖާގެ ސްކޫލުގެ ކިޔެވުމަށްށާއި ހަޔަރ އެޑިއުކޭޝަންއަށް ފޯކަސްކޮށްފައިވާ ޕްލޭނެކެވެ. މި ޕްލޭންގައި ބައިވެރިވެވޭނީ 6 އަހަރުން ދަށުގެ ކުއްޖަކަށެވެ. އަދި ކުއްޖާއަށް 18 އަހަރު ވަންދެން އެ ޕްލޭން ހިނގާއިރު ފައިސާދައްކަން ޖެހޭނީ ކުއްޖާއަށް 13 އަހަރު ވަންދެންނެވެ. އަދި 13 އަހަރަށް ފަހު ޕޮލިސީގެ ކޮންމެ އިންސައްތައެއް ކުއްޖާގެ ބެލެނިވެރިޔާއަށް ލިބޭއިރު ޕޮލިސީ ނިމި ކުއްޖާއަށް 18 އަހަރުވުމުން ޕޮލިސީގެ ވަކި އިންސައްތައަކާއިއެކު ބޯނަސްވެސް ލިބިގެންދާނެ އެވެ.

  • ރަންރޭރު އަދި ކޭޝް ބެކް ޕްލޭން 

މި ޕްލޭނަކީ ވަކި މުއްދަތަކަށް މަސައްކަތް ކުރާ ޕްލޭނެއްކަމަށާއި އެ މުއްދަތްތައް ނިންމާނީވެސް ކްލައިންޓުންކަމަށް އެލައިޑުން ވަނީ ބުނެފައެވެ. ވަކި މުއްދަތަކަށް އެކުލެވިގެން ވަކި އިންޓަވަލްތަކަށް ޕޮލިސީ ނަގާ ފަރާތަށް ޕޮލިސީ ވެލިއުގެ ވަކި އިންސައްތައެއް ލިބިގެންދާނެ ކަމަށް އެލައިޑުން ވަނީ ބުނެފައެވެ. ޕޮލިސީ ނަގާ ފަރާތް ނިޔާވެއްޖެ ހާލަތުގައި ޕޮލިސީގެ ވެލިއުއާއި އެއްވެލިއުއެއް ކުންފުނިން ޕޮލިސީ ނަގާފަރާތުގެ އާއިލާއަށް ދޭނެކަމަށް އެލައިޑުން ވަނީ ބުނެފައެވެ.

ލައިފް އިންޝުއަރެންސަކީ ތިމާއަށް ނުވަތަ ތިމާގެ އާއިލާއަށް ދިމާވެދާނެ ކަމަކަށް ތައްޔާރުވުމަށް ނަގާ ޕްލޭންތަކެކެވެ. މީގެއިތުރުން އެލައިޑުންވަނީ އިންށުއަރެންސްގެ މައުލޫމާތު ދިނުމަށްޓަކައި މިމަހުގެ 13 ވަަނަ ދުވަހު ފެސްޓެއް ބެއްވުމަށް ނިންމާފައެވެ. މި ފެސްޓުގައި ކުޑަކުދިންނަށް ހާއްސަ ހަވީރެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާއިރު އިންޝުއަރެންސްގެ އެކި ޕްލޭން ތަކާއި ގުޅިގެން މައުލޫމާތު ދިނުންވެސް ކުރިއަށް ދާނެ ކަމަށް އެލައިޑުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: