އއ. ރަސްދޫ މަގުތަކާއި ބީޗްގައި ޓުއަރިސްޓުންތަކެއް ބަރަހަނާ ފިލްމު ކުޅުނުކަމުގެ ޝަކުވާއެއް ނުވަތަ މައްސަލައެއް ލިބިފައި ނުވާކަމަށް ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ މީސްމީޑިއާގައި އެފަދަ ވާހަކަތަކެއް އާއްމުވެ ދައުރުވަމުންދާތީ އެ މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުންކަމަށެވެ. މީސްމީޑިއާގައި ޕޮޓޯ ތަކެއް ދައުރުވެފައިވާއިރު އެމައްސަލައިގައި ހިމެނެނީ ރަޝިއާއަށް ނިސްބަތްވާ ބަޔަކު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އާއްމުން ދިރިއުޅޭ ތަންތަނުގައި ދެ ޖިންސު މަސްހުނިވެގެންނާއި އަދި އެއް ޖިންސުން ގުޅުންހިންގާފައިވާ ކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ. ނަމަވެސް އެފަދަ ހަރަކާތެއް ފަތުރުވެރިން ހިންގަނިކޮށް ރަށު ރައްޔިތުންގެ ސަމާލުކަމަށް ނާންނަކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

