ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަތީޖާ ނެރެ މަސައްކަތް ކުރަން ސަރުކާރަށް ވަގުތު ދޭން ޖެހޭ: އައިބީ

ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން ބޭނުންވާ ނަތީޖާ ނެރުމަށް މަސައްކަތް ކުރަން ސަރުކާރަށް އެކަށީގެންވާ ވަގުތު ދޭން ޖެހޭކަމަށް އައްޑޫ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ނުވަ މަސް ވިނަމަވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް ދަައްޗަކީ، ވާޜުތަވެގެން އައި ބަޖެޓުގެ ތެރެއިން މަސައްކަތް ކުރުމެވެ. އަދި ރާއްޖޭގެ އިގްތިސާދީ ހާލަތު ހުރި ގޮތުން މާލީ ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާތީ ސަރުކާރުގެ ފޯކަސް ހުރި އެއް ދާއިރާއަކީ އެއީ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ސިޔާސަތުތަކަށް ފާޑުކިއުން އަމާޒުކޮށް، މަޝްރޫއުތައް ހުއްޓާލާފައިވާކަމަށް ތުހުމަތު ކުރެ އެވެ. އެކަމަކު އެ ވާހަކަތައް ދޮގުކޮށް ސަރުކާރުން ބުނަމުން ދަނީ މަޝްރޫއުތަކަށް މާ ކުޑަ ބަޖެޓެއް ހިމާނާފައި ވަނީ ކުރީ ސަރުކާރުން ކަމަށެވެ. އަދި އިންތިހާބުތަކާއި ދިމާކޮށް އެފަދަ ގިނަ މަޝްރޫއުތައް އިއުލާނުކޮށްފައިވާކަން ފާހަގަކުރި އެވެ.

މި މައްސަލައިގައި އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެއްވައި، ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި އެކަށީގެންވާ ވަގުތެއް ނުދީ، ފާޑުކިއުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު މިވަގުތު އޮތް ގޮތުން، އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާއިރު މިއީ ބައެއްގެ އިހުމާލުގެ ސަބަބުން ވެއްޓުނު އަނދަވަޅެއްކަމަށް ދީދީ ވިދާޅުވި އެވެ.

ދީދީ ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ، އިގްތިސާދު ފޫބެއްދުމަށް އެޅެން އޮތް ފިޔަވަޅުތައް ރައްޔިތުންނަށް އޭގެ އަސަރު ނުކުރާ ގޮތަށް އެޅުމަށެވެ. މި ހާލަތުގައި ސަރުކާރާއި މެދު ނަފްރަތާއި ރުޅިވެރިކަން އުފެދޭ ގޮތަށް ފެތުރޭ ވާހަކަތުގައި ހަގީގަތެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

ދީދީ ވިދާޅުވީ މަޝްރޫއުތައް މަޑުޖެހިފައިވާކަމަށް ނުވަތަ ކުރިޔަށް ނުދާކަމަށް ޝަކުވާތަކެއް އައި ނަމަވެސް މި ސަރުކާރަށް ވާރުތަވެގެން އައި ބަޖެޓުގައި ހިމަނާފައި ވަނީ ރިއެލިސްޓިކް އަދަދުތަކެއް ނޫންކަމަށެވެ. އެހެން ނަމަވެސް ކުރީ ސަރުކާރުން ފަށާފައި ހުރި އެއްވެސް މަޝްރޫއުއެއް ހުއްޓާލާފައި ނުވާނެކަމަށާއި، ރައްޔިތުންނަށް ދިމާވާ ދަތިތައް އިތުރު ކުރުމަށް ރައީސް މުއިއްޒު އެއްވެސް މަސައްކަތެއް ނުކުރައްވާނެ ކަމަށެވެ.

ގިނަ މަޝްރޫއުތަކެއް ފެށުމަށް ބަޖެޓުކޮށްފައި ހުރި ނަމަވެސް، ނެތީ ފައިސާކަމަށާއި ދިމާވާ އެންމެ ބޮޑު މައްސަލައަކީ އެއީކަމަށް ދީދީ ވިދާޅުވި އެވެ. އެކަމަކު މަޖިލީހުގައި ކުރިޔަށް އޮތީ ބަޖެޓުގެ މަސައްކަތްކަމަށްވުމާއި އެކު އެކަމަށް ހައްލެއް ގެނެވޭނެކަމަށް މެމްބަރު ވިދާޅުވި އެވެ.

އެތައް ބައިވަރު މަޝްރޫއުތަކެއް މިހިރީ ބަޖެޓުކޮށްފައި.. އެކަމަކު ނެތީ ފައިސާ.. އެހެންވީމަ އަންނަ އަހަރު އިރާދަކުރެއްވިއްޔާ މި ކަންކަމަށް ހައްލެއް އަންނަނެ..

ދީދީ ވިދާޅުވީ ނަތީޖާ ނެރެވޭނީ، އެއްފަހަރާ ނޫން ކަމަށާއި ހެޔޮ ބަދަލެއް ފެންނާނީ މަޑުމަޑުން އަޅާ ފިޔަވަޅުތަކުން ކަމަށެވެ. އެހެންކަމުން ވަގުތު ދިނުމަށް އެދި ދީދީ ވިދާޅުވީ އެއްވެސް ސަރުކާރެއްގައި ފުރަތަމަ އަހަރު ކުރެވޭ މާ ބޮޑު މަސައްކަތެއް ނޯންނާނެ ކަމަށެވެ. އެކެމަކު އޭގެ ބަދަލުގައި މި ސަރުކާރުން މިހާތަނަށް އެހެން ސަރުކާރުަކާއި އަޅާބަލައި ކާމިޔާބީތަކެއް ހޯދިކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރަށް ނުވަ މަސްވެފައިވުމާއި އެކު ދީދީ ވިދާޅުވި ގޮތުގައި މިއީ އަދި ސުވާލު އުފެއްދުމަށް ރަނގަޅު މުއްދަތެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: