ހދ. ކުޅުދުއްފުށި ސިޓީގެ ފަޅު ތެރެއިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
އެ ރަށުގެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި ފަޅު ތެރެއިން މީހެއްގެ ހަށިގަނޑު ފެނިގެން ހޮސްޕިޓަލަށް ގެނައީ 8:36 ހާއިރުއެވެ. އެއީ އުމުރުން 36 އަހަރުގެ ފިރިހެނެއްކަމަށް ބުނެއެވެ.
ނަމަކީ މުހައްމަދު ހަސަންއެވެ. ހޮސްޕިޓަލަށް އޭނާ ގެނައިރުވެސް އޮތީ މަރުވެފައިކަމަށް ހޮސްޕިޓަލުން ބުނެއެވެ.
މުހައްމަދު ހަސަންގެ ހަށިގަނޑުން އެއްވެސް ކަހަލަ ނިޝާނެއް ނެތްކަމަށް ރިޕޯޓުކޮށްފައިވާއިރު، މިއީ ކިހިނެއް ދިމާވިކަމެއްކަމަށް އަދި ސާފެއް ނުވެއެވެ.

