ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު ދެން ދައްކާނެ ވާހަކައެއް ނެތް

ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ވެރިންނޭ މިކިޔާ މީހުންނަކީ ދުވާލަކު ޕާޓީއެއް، ކުލައެއް ނުވަތަ ބަޔަކާއެކީގައި ފެންނަ ބައެކެވެ. ވެރިކަމަކީ އެބައިމީހުން މާ ގަޔާވާ ކަމަކަށް ވެފައިވާއިރު ވެރިކަމުގެ އާރާއި ބާރާއި ލައްޒަތު ލިބުމުން ކުރެވޭ ހަމަ އެއްކަމެއް ނޯވެއެޗެ. ތިމަންނާމެން މިވެނިކަމެއް ކުރަމޭ ބުނެ ރައްޔިތުންގެ ލޮލަށް ބުރުވާލާ ހިރަފުސްކޮޅު ނޫން އެހެންކަމެއް އެމީހުން ކޮށްފައެއްވެސް ނެތެވެ. ހިންގާފައި ހުރި ބޮޑެތި މަޝްރޫއުތަކޭވެސް ބުނެ ދައްކަނީ މާލެ ވަށާ ތާރުކޮޅެއް ބުރުވާލި މަންޒަރެވެ. މިހާރު އެކި ސިޔާސީ ޕާޓީތަކުން ދައްކާވާހަކަ ތަކާއި ޖަހާ ސަކަރާތަށް ބަލާއިރުވެސް ހެޔޮހިފޭ ވާހަކައެއް ދައްކާތަނެއް ފެންނާނެ ކަމަށް އުންމީދު ކުރުމަކީވެސް ހަމަ މޮޔަ ކަމެކެވެ.

ސީޔާސީ މަސްރަހުން އަބަދުވެސް ފެންނަނީ ތިމާ އެއްލާލި ކުނިކޮޅު ހޮވަން އަލުން ދުވާ މަންޒަރެވެ. ބޭނުން ނުވެގެން ދޫކޮށްލި މީހާގާތަށް އައިސް މިކިޔާ އިހުލާސްތެރި ނިޔަތަކާއެކު މަސައްކަތް ކުރެވޭ ކަމަށް ދަށްކާ ކުލަ ބަދަލު ކުރަނީ ގައުމެއްގައި މޫސުންވެސް ބަދަލު ނުވާހާ އަވަހަށެވެ. ބަޔަކު މީހުން ރޭވުންތަކެއް ރާވައިގެން ހޯދަން އުޅުނު ވެރިކަން އެކަކުކައިރީ ހުރެގެންވެސް ނުލިބުމުން ދެން ގިޔަރު ޖެހީ ފަހަތަށެވެ. ބޮޑު ސިޔާސީ ޕާޓީއެއް ކަމަށް ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާ ދެ ޕާޓީއަކަށް މީގެ ކުރިން އޮޮތީ ރަން ރީންދޫ އެމްޑީޕީ އާއި ފިޔާތޮށި ލަޝްކަރޭ މިކިޔާ ޕީޕީއެމްއެވެ. ރައްޔިތުން ގާބޫލުކުރީ އެ ޕާޓީ ތަމްސީލު ކުރަން އޭރު ހުރި ވެރިންނަކީ ވަރަށް ކުޅަދާނަ ބައެއްކަމަށެވެ. އެހެން ނަމަވެސް އިސާހިތަކު އެމީހުންގެ އޮފު ކެނޑި މިހާރު ޕާޓީ ބިކަވެ ފިޔާތޮށި ލަޝްކަރުގެ ބާނީ ވަކިވެ އައު ޕާޓީއެއް އުފައްދާ ޖަހާ ސަކަރާތެއް ހަމަ އެއްގޮތަކަށްވެސް ރައްޔިތުންގެ ސިކުންޑިއަކަށް ނުވިސްނެއެވެ. އެހެންނަމަވެސް ރަން ރީންދޫ ލަޝްކަރު އައު ފެށުމަކުން ފަށައިގެން ޕާޓީގެ މަސައްކަތް ހަރުދަނާ ކުރުމަށް ކޮންމެ ހަފްތާއަކުވެސް ހަވަރު ބެރު ޖަހާ މަންޒަރު ފެނެއެވެ.

ސިޔާސީ ކޯޅުންގަނޑު ހޫނުވެގެން ބައިބައި ވުމަކީ އެންމެ މޮޅުގޮތް ކަމަށް ދެކިގެން ވަކި ޕާޓީތައް އުފައްދާ ދެންވެސް އުޅުނީ ރައްޔިތުންނަށް މަސައްކަތްތަކެއް ކޮށްދޭނެ ކަމަށް ބުނެ އެކި އިންތިހާބު ތަކާއި ކުރި މަތިލާށެވެ. އެހެންނަމަވެސް ރައްޔިތުން ގަބޫލު ކުރީ ރަން ރީންދޫ ލަޝްކަރާއި ފިޔާތޮށި ލަޝްކަރުގެ އޮފު ކެނޑި ދެން ޖާގަ ދޭނީ އެންމެން ކިޔަމުން އަންނަ ”ދިވެހީންގެ ރާއްޖެ“އަށް ކަމަށެވެ. އެނިންމުމާއެކު ދައުލަތުގެ ދެ ބާރުވެސް ބޮޑުތަނުން ކާމިޔާބުކުރީ ”ދިވެހީންގެ ރާއްޖެ“ ޕާޓީއަށް ނިސްބަތްވާ މީހުންނެވެ. ދެން ތިބި ސިޔާސީ ޕާޓީތަކުން ޖެހުނީ އަނެއްކާވެސް އޮޕޮޒިޝަނަށް ކުޅެން ދަސްކުރާށެވެ. އުކުޅުތައް ވަރުގަދަ ކުރުމަށް ކިޔާނެ ނުކިޔާނެ އެއްޗެށް ނޭންގުނު ކަމުގައި ވީނަމަވެސް ޕާޓީން ޖަލްސާ ބޭއްވުމަކީ މާ މޮޅުކަމެއް ކަމަށް އެބައިމީހުންނަށް އޮތީ ހީވެފައެވެ.

ބައެއް ސިޔާސީވެރިން ސަރުކާރަކުން ކަމެއް ނުކުރެއޭ ބުނާއިރު ވެރިކަމުގެ އާރާއި ބާރު ލިބުނު އިރު ކުރެވުނު ކަންކަމަށް ބަލާއިރުވެސް ކުރެވުނު މާމޮޅު ކަމެއް ވަކިނެތެވެ. ހުރިހާ ބާރެއް އަތުތެރެއަށް ލައިގެން އުމުރުގެ ތިން ބައި ކުޅަ އެއްބައި ވެރިކަން ކުރެއްވި ވެރިއެއް ފެނުނެވެ. އެއްވެރިއަކު ރައްޔިތުންނަށްޓަކައި ވެރިކަން ދޫކޮށް ދިޔައީއެވެ. އަނެއް ވެރިއަކު ގާނޫނުތައް މޮޑެލީ ދައުލަތެއް ނުވަތަ ކޯޓެއް ފަނޑިޔާރެއް ބަލާފައެއް ނޫނެވެ. އަދި ދެން ވަޑައިގަތް ބޭފުޅާ ކުރެއްވި ކަމަކުން ރައްޔިތުން ތިބީ އެމީހުން ކަމެއް ނުކުރިނަމަވެސް ދަރަނިވެރިވެފައެވެ. މިވަރަުގެ މޮޅެތި ބޭފުޅުން ވެރިކަން ކޮށްފައި ދިޔައީ ރައްޔިތުންނަށް ހަވާލޭ ތިމަން ދެން ނުލާށޭ ބުނާވަރުކޮށްފައެވެ. ރައްޔިތުން އެކި މީހުންނާއި ޕާޓީތައް ޓެސްޓު ކުރަމުން އައިސް އަނެއްކާވެސް އާބަޔަކު މިތިބީ ހޮވާފައެވެ. ވެރިކަން ބަދަލުވެ ފަހު ނޭވާއަށް އެޅުނުއިރުވެސް މަޖިލީހާއި ޕާޓީން އުޅުނީ ކޮންމެވެސް މޮޅުކަމެއް ކޮށްލެވޭތޯއެވެ. ވެރިކަން ނިންމާލައި ގާނޫނުހަދާ މަޖިލީހުގެ ދައުރު ނިންމާލައި ފައިބައިވަޑާއިގެންނެވި އިރު ތަނބެއް ގުޑުވާލާނެހާ ފައިސާވެސް ދީފައި ނެތީއެވެ.

ބައެއް ސިޔާސީ ބޭފުޅުންނަކީ ކޮންމެ ރިޔާސީ އިންތިހަބާކާއި މަޖިލިސް އިންތިހާބަކަށް ފަރިވާ މާތަކެކެވެ. ކެމްފެއިނުގެ ތެރޭގައި ނުފިރުމާ ބޮސްނުދޭ އެންމެ އަތެއްވެއް ނެތެވެ. ރައްޔިތު މީހާގެ ބަދިގެއަށްވަދެ ކައްކާ ލޮނު ހެޔޮވަރުކޮށް އެތައް ސަކަރާތެއް ޖަހައެވެ. ރައްޔިތުން ހައްލަން މިހާ މޮޅު ބަޔަކު ގައުމު ދެކެފައި ނުވާނެއެވެ. އެހެންނަމަވެސް ރައްޔިތުންގ އެމީހުންގެ ވޯޓުން އެންގީ ވެރިންގެ އޮފު ކެނޑި ދެން ގައުމަށް އެމީހުން ބޭނުން ނޫންކަމެވެ.

މިހާރު ފެންނަމުން މިދާ ވިލު ނޫކުލައިގެ ދިވެހީންގެ ރާއްޖެއަށް އަދި ވީ ގާތް ގަނޑަކަށް 9 މަސް ދުވަހެވެ. މިއީ ރައްޔިތުން ނިންމި ނިންމުކެވެ. ވެރިކަމަކަށް ދޭން ޖެހޭ ވަގުތު ރައްޔިތުން ދެމުންގެންދާއިރު ސަރުކާރުގެ ހަރުކަށި ރަނގަޅު ފިޔަވަޅުތަކެއް ފެންނަން ވަނީ ފަށާފައެވެ. އެހެންނަމަވެސް ވެރިކަން ނިމިގެން ދާއިރު ކުރެވުނު ތަޖުރިބާއަށް ބަލައި ދެންވެސް ގޮތް ނިންމާނީ ރައްޔިތުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: