ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބްދުލްއަޒީޒްގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

އަބްދުލްއަޒީޒް އަބްދުﷲ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ، އަބްދުލްއަޒީޒް އަބްދުﷲގެ އާއިލާއަށް ރައީސް ޑރ މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

އެކްސް މެދުވެރިކޮށް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ރައީސް މުއިއްޒު ވިދާޅުުވީ، އަބްދުލްއަޒީޒްއަކީ ރާއްޖެއަށް 45 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވާފައިވާ ބޭފުޅެއްކަމަށެވެ. އަދި އޭނާ ވަނީ ދައުލަތަށް ހިދުމަތްކުރެއްވުމުގެ އިނާމުވެސް ހާސިލުކުރައްވާފައިކަމަށާއި ރައްޔިތުން މަޖިލީހުގެ މެމްބަރުކަމުގެ އިތުރުން އަތޮޅުވެރިކަންވެސް ކުރައްވާފައިވާކަމަށް ހިއްސާކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އަބްދުލްއަޒީޒް އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވާކަމަށެވެ. އަދި އޭނާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތްދެއްވުމަށް ދުއާކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: