ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭހުން ބޮޑެތި ފައިދާތައް ނެގުން ހުއްޓުވަން ރައީސް އަންގަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭސް ވިއްކުމުގައި ބޮޑެތި ފައިދާތައް ނެގުން ހުއްޓުވުމަށްޓަކައި އަަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާއި ގުޅުންހުރި އެންމެހާ މުއައްސަސާތަކަށް އަންގަވާފައިވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަމިއްލަ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ މުއިއްޒުވަނީ ދިވެހިރާއްޖޭގެ ބާޒާރުގައި ބޭހުގެ އަގުތައް މަތިވުމުގެ މައްސަލައަށް އަލިއަޅުއްވައި އެކަން ހައްލުކުރެއްވުމަށް ފިިވަަޅުތަކެއް އަޅުއްވާފައިވާކަން ހާމަކުރައްވާފައެވެ. ރައީސް ވިދާޅުވީ، ބޭސް ރާއްޖެއަށް އެތެރެކޮށްގެން ބާޒާރުގައި ވިއްކަމުންދާ އަގުތައް މިހާތަނަށް ހުރީ 200 އިން ފެށިގެން 2000 އިންސައްތައާއި ދެމެދުގެ ފައިދާއެއް ލާފައިކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ބޭސް ވިއްކުމުގައި އެ މިންގަނޑަށް ފައިދާ ނެގުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާ ބެހޭ ހުރިހާ މުއައްސަސާތަކަށް އަންގަވާފައިވާކަމަށެވެ. އަދި މިކަމުގެ ސަބަބުން ބާޒާރުގައި ބޭސް ވިއްކާ އަގާއި އާސަންދައިން ނަގާ ޗާޖުގެ އަގުވެސް ދަށްކުރެވިގެންދާނެކަމަށާއި ބަދަލުތައް ގެނައުމަށް ކަނޑައެޅިފައިވާ ގޮތުގެ ތާވަލާއި ތަފްސީލުތައް ވަރަށް އަވަހަށް އާންމުކޮށް އިއުލާނުކުރާނެކަމަށްވެސް މައުލޫމާތު ދެއްވިއެވެ.

ރައީސް ވިދާޅުވީ، ގެނައުމަށް ކަނޑައެޅިފައިވާ ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން އާސަންދައިން އިސްރާފުވަމުންދާ ގިނަ އަދަދެއްގެ ފައިސާ ސަލާމަތްކުރެވިގެންދާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެތައް ސަތޭކަަ މިލިއަން ރުފިޔާއެއް އިސްރާފުވާކަމަށާއި މިކަމުގެ ސަބަބުން ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް އެ ފައިސާގެ ބޭނުންކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: