ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ވެރިކަން ގާއިމުކުރީ ދޮގުތަކެއްގެ މައްޗަށް ބިނާވި ފިތުނަވެރި ކެމްޕެއިނަކުން: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަން ގާއިމުކުރެވުނީ ހަގީގަތާއި ހިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާވި ފިތުނަވެރި ކެމްޕެއިނެއް މެދުވެރިކޮށްކަމަށް ކުރީގެ އިގްތިސާދީ ވަޒީރު އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު ޕީއެންސީގެ މެމްބަރުންނަށް ފައިސާ ބަހާކަމަށް ބުނެ ކުރަމުންދާ ތުހުމަތުތައް އެމަނިކުފާނުގެ ތަރުޖަމާނު ހީނާ ވަލީދު ދޮގުކުރައްވާފައިވާކަމަށް އަލިޅުއްވައި ފައްޔާޒްވަނީ އެކްސްގައި ޕޯސްޓެއް ހިއްސާކުރައްވާފައެވެ. އޭނަ ވިދާޅުވީ، ސަރުކާރު ވެރިކަމަށް އައީ ހަގީގަތާއި ހިލާފު އެތައް ވާހަކަތަކެއް ދައްކައިގެންކަމަށެވެ. އަދި އެމަނިކުފާނުގެ ކެމްޕެއިން އަކީ އެ ވާހަކަތަކުގެ މައްޗަށް ބިނާކުރި ފިތުނަވެރި ކެމްޕެއިނެއްކަމަށްވެސް ފާހަގަކުރެއްވިއެވެ.

ފައްޔާޒް ވިދާޅުވީ، ސަރުކާރުގެ ނާގާބިލުކަން ފޮރުވުމަށްޓަކައި ދޮގުގެ މައްޗަށް ދޮގު ހެދި ނަމަވެސް ކަންކަމުގެ ހަގީގަތް ހާމަވެގެންދާނެކަމަށެވެ. އޭނާ ވިދާޅުވީ މައުލޫމާތު ހާމަކުރުމާއި ނޫސްވެރިކަމަށް ޖާގަ ދިނުމަކީ ހުދުމުހުތާރު ވެރިން ބޭނުންވާނެކަމެއް ނޫންކަމަށެވެ.

ފައްޔާޒް ވިދާޅުވީ، ސަރުކާރުންދަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަން ނޫސްވެރިކަން ނައްތާލުމަށް މަސައްކަތްކުރަމުންކަމަށެވެ. އެހެންނަމަވެސް އެކަން ކާމިޔާބުނުކުރެވޭނެކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކޮންމެ ކަމެއްގައިވެސް ސަރުކާރުންދަނީ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ބުނެ އިންޒާރު ދެމުންކަމަށާއި އެ ނޫންކަަމެއް މި ސަރުކާރުން ނުކުރާކަމަށެވެ. އޭނާ ވިދާޅުވީ، ނޫސްވެރިންނަށް ބިރު ދައްކައި ނޫސްވެރިކަމަށާް ހުރަސް އެޅުން ކުށްވެރިކުރާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: