ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޖީގެ މަގާމަށް އައްބާސްގެ ނަން ހުށައަޅައިފި

ރައީސް އަދި އައްބާސް: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)އަކަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އަދި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފްގެ ނަން ހުށައަޅައިފިއެވެ.

ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި، ޕީޖީގެ މަގާމަށް އައްބާސް އައްޔަނުކުރުމަށްޓަކައި ރުހުން ހޯއްދެވުމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ އިއްވާފައިވެއެވެ. އަދި ސިޓީގައި ވާގޮތަށް މަޖިލީހުގެ ތަޅުމުން މިހާރުވަނީ ނަން ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

ޕީޖީއަކު މަގާމުން ވަކި ކުރާތާ 30 ދުވަހުގެ މުއްދަތެއްގައި އެ މަގާމަށް އާ މީހަކު އައްޔަނުކުރުމަށް ގާނޫނު ބަޔާންކުރެއެވެ. ޕީޖީގެ މަގާމުގައި ހުންނެވި ޝަމީމް ވަކި ކުރުމަށް ފާސްކޮށް މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ އޮގަސްޓު 27 ވަނަ ދުވަހުގައެވެ./

ނަން ހުށައަޅާފައިވާ އައްބާސްއަކީ ގާނޫނީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭނާވަނީ 2011 އިން 2015 ވަނަ އަހަރުގެ ނިޔަލަށް ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ.

ޝަމީމް މަގާމުން ވަކި ކުރުމަށް ފާސްކުރީ ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުގެ 65 މެމްބަރުންގެ ވޯޓާއިއެކުއެވެ. އޭނާ ވަކި ކުރުމަށް ޖަލްސާއެއް ކުރިއަށް ގެންދަވަނިކޮށް ޝަމީމްވަނީ އިސްތިއުފާ ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: