ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިސާ ބަހާކަމުގެ ތުހުމަތުތައް ޕީއެންސީގެ ޕީޖީ ގުރޫޕުން ކުށްވެރިކޮށްފި

ރައީސް ޑރ. މުހައްމަދު މުޢިއްޒާއި މުހައްމަދު އިސްމާއިލް- ފޮޓޯ/ ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ބައެއް ނޫސްތަކުން ވަރަށް ޒިންމާދާރުކަން ކުޑަކޮށް އަމަލުކުރަމުންދާކަން ފާހަގަކުރެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މެމްބަރުންނަށް ރައީސް ޑރ މުހައްމަދު މުއިއްޒު ފައިސާ ބަހަމުންދާކަމަށް ބުނެ ނޫހަކުން ރިޕޯޓެއް އާންމުކުރުމާއި ގުޅިގެން ސަރުކާރުންވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. އައު ޕީޖީއަކު އައްޔަނުކުރުމުގެ ގޮތުން ނަން ހުށައެޅުމަށްޓަކައި މަޖިލީހުގެ ދައުރުން ބޭއްވި ޖަލްސާ ނިންމަވާލައްވައި ސަންގުޓީވީއަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި މެމްބަރު މުހައްމަދު އިސްމާއިލްވެސް ވަނީ އެ މައުޟޫއަށް އަލިއަޅުއްވާފައެވެ.

މުހައްމަދު ވިދާޅުވީ، ނޫސްވެރިކަމަކީ ވަރަށް މުހިންމު މަސައްކަތްތަކެއްކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ބައެއް ނޫސްތަކުން ވަރަށް ޒިންމާދާރުކަން ކުޑަކޮށް އެ މަސައްކަތްތަކުގެ ތެރެއިން އަމަލުކުރަމުންދާކަން ފާހަގަކުރެެއްވޭކަމަށެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ވާހަކަތައް ތަފާތު އެކި ގޮތްގޮތަށް ދެކެވޭކަމަށެވެ. އޭނާ ވިދާޅުވީ އެ ރިޕޯޓުގައި ދައްކަމުންދަނީ މެމްބަރުން ގޮސް ޕާޓީ އޮފީހަށް ވަންނަ ވާހަކަ ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރާ ގިނަ އަދަދެއްގެ މެމްބަރުން ތިއްބެވި އިރު އަބަދު އޮފީހަށް ވަދެ ހަދާނެކަމަށެވެ.

މުހައްމަދު ވިދާޅުވީ، ބައި އިލެކްޝަން ބޭއްވުން ފަދަ މަސައްކަތްތައް ކުރަމުންދާކަމަށާއި މިހާރުވެސް އެ ޕާޓީއިން ތައްޔާރުވަމުންދަނީ މާރަންދޫގައި އެފަދަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށްކަމަށެވެ. އެހެންކަމުން އެކަމާއި ގުޅުން ހުރި ކަންކަމާއި އެހެނިހެން ކަންކަމުގައިވެސް މެމްބަރުން ޕާޓީ އޮފީހަށް ދާނެކަމަށާއި މިހާރު ކުރެވެމުންދާ ގޮތަށް ތުހުމަތުތައް އަމާޒުކުރުން ޕީއެންސީއަށްވަނީ ބޮޑު ޖޯކަކަށް ކަމަށް ވިދާޅުވިއެވެ.

”މިހާރުވެސް މާރަންދޫގައި މިއަންނަ ހޮނިހިރު ދުވަހު ބައި އިލެކްޝަނެއް އެބަ އޮވޭ، ދެން އެކަންކަމާއި ގުޅުން ހުރެގެން އެކިއެކި ކަންކަމުގައި މެމްބަރުން ވަންނާނެ އެތަންތަނަށް، އަޅުގަނޑަށް ތިވަނީ ހަމަ ވަރަށް ބޮޑު ޖޯކަކަށް، އެއްގޮތަކަށްވެސް ތިއީކީ އެހާ ޒިންމާދާރު ވާހަކައެއް ނޫން“ މުހައްމަދު އިސްމާއިލް

ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދުވެސް ވަނީ މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. ފަޒާދު ވިދާޅުވީ، ވީޑިއޯ އާންމުކޮށްފައިވާ ނޫހުގެ ހެޑްލައިންތަކަށް ބަލާލުމުންވެސް ހަދަމުންދަނީ ދޮގެއްކަން އެނގޭނެކަމަށެވެ. އެގޮތުން ވީޑިއޯގައި ބައިލައްކަ ރުފިޔާކަމަށް ބުނާއިރު އޮންލައިން ނޫހުގައި 75000 ރުފިޔާ ލިބޭކަމަށް ހިމަނާފައިވާކަމަށް އަލިއެޅުއްވިއެވެ. އެހެންކަމުން މިހާރު ތުހުމަތުތައް ކޮށްފައިވާ ނޫހަށްވެސް ދިން އަދެއް ނުވަތަ ދިންކަންވެސް ބުނެދޭން ނޭނގޭކަމަށާއި މިކަމުގެ ސަބަބުން ހަދަމުންދަނީ ކަނޑައެޅިގެން ދޮގުތަކެއްކަން އެނގިގެންދާކަމަށް ވިދާޅުވިއެވެ./

އޭނާ ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒު ދީނާއި ގައުމަށް ގެއްލުން ލިބޭ ފަދަ ކަންކަން އަދި ދީނާއި ދުރު އަމަލުތައް ނުހިންގަވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށެވެ. އޭނާ ވިދާޅުވީ، ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އަމަލުތަކެއްވެސް އެމަނިކުފާނު ނުހިންގަވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: