ރާއްޖޭގައި ކުރިއަށްދިޔަ ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް 2024 ގައި ރޭ ދިވެހިރާއްޖޭގެ އަންހެން ޤައުމީ ވޮލީބޯލް ޓީމް ދެއްކި ހިތްވަރާއި އަޒުމާއި މެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ރައީސް ޑރ މުޢިއްޒު ހިތްވަރުދެއްވައިފިއެވެ.
ދިވެހިރާއްޖޭގެ އަންހެން ޤައުމީ ވޮލީބޯލް ޓީމް ދެއްކި ހިތްވަރާއި އަޒުމާއި މެދު ފަޚުރުވެރިވެވަޑައިގަންނަވާކަން ފާހަގަކުރައްވައި ރޭ މީސް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވަނީ ކުރިއަށްއޮތްތަނުގައި އިތުރު ކާމިޔާބީއާއި ކުރިއެރުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.
ސޯޝަލް ސެންޓަރުގައި ރޭ ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރީ ރާއްޖޭގެ ޤައުމީ އަންހެން ވޮލީބޯޅަ ޓީމާއި ކިރިގިސްތާންގެ ޓީމެވެ. މި މެޗް ދެ ސެޓު ތިންސެޓުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކިރިގިސްތާންގެ ޓީމެވެ.
ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމަށް ބައިނަލްއަގުވާމީ ލެވަލްގައި މިއީ ލިބުނު ތިން ވަަނަ ރިހި މެޑަލްއެވެ. އެންމެ ފުރަތަމަ 2019 ވަަނަ އަހަރު ނޭޕާލްގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތުންނެވެ. އޭގެ ފަހުން، މިދިޔަ އަހަރު މާލޭގައި ބޭއްވި ފޯ ނޭޝަންސް ކަޕުންނެވެ. އަދި މި ފަހަރު، ކާވާ ޗެލެންޖް ކަޕްގައެވެ.

