ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިންނަވަރާއި ނައިފަރުގައި ހިންގި މަސްތުވާތަކެތިގެ އޮޕަރޭޝަނުގައި 5 މީހަކު ހައްޔަރުކޮށްފި

ފުލުހުން ހައްޔަރުކުރި މީހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެން ޅ. ހިންނަވަރާއި ނައިފަރުގައި ހިންގި މަސްތުވާތަކެތިގެ އޮޕަރޭޝަނުގައި 5 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން އާއްމުކުރި މައުލޫމާތުގައި ބުނެފައިވަނީ ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހިންނަވަރާއި ނައިފަރު ހިމެނޭގޮތަށް 12 ތަނެއް ބަލައިފާސްކޮށްފައިވާކަމަށެވެ. އަދި ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 86.26 ގްރާމް ކަމަށާއި އޭގެ އިތުރުން 2،93000 ދިވެހި ރުފިޔާއާއި ޔޫއެސްޑޮލަރުގެ އިތުރުން ޔޫރޯ ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އޮޕަރޭޝަނުގައި ޅ. ހިންނަވަރު، އަގީދުގެ، ހުސެއިން އީސާ ފުޅު (48އ)، ޅ. ހިންނަވަރު، މިދިލިމާގެ، އަޙްމަދު މުޙައްމަދު (36އ)، ޅ. ނައިފަރު، ޑޭޒީހިޔާ، ޢަބްދުﷲ ޒަކަރިއްޔާ (46އ)، ޅ. ހިންނަވަރު، ފެހިގެ، މުޙައްމަދު އިރުޝާދު (35އ) އަދި އދ. މަހިބަދޫ، ކޅިބަލާގެ، ފާޠިމަތު ރީމާ (44އ) ހައްޔަރުކޮށްފައިވާކަމަށް ވަނީ ބުނެފައެވެ. މި 5 މީހުންގެ އިތުރުން މި އޮޕަރޭޝަނުގައި އިތުރު މީހުންވެސް ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި 5 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހުސައިން އީސާ ފުޅާއި އަޙްމަދު މުޙައްމަދު ހަތްދުވަހަށް، ޢަބްދުﷲ ޒަކަރިއްޔާ 15 ދުވަހަށް، ފާޠިމަތުު ރީމާ 12 ދުވަހަށް އަދި މުޙައްމަދު އިރުޝާދު ތިންދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިވެއެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ވަރަށް ގަދަ
46%ވަރަށް ގަދަ 15%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 8%ހައިރާންވެއްޖެ 15%ވަރަށް ދެރަ 15%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: