ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންގެ ފޮޓޯއާއި ވީޑިއޯ ހިމެނޭ 43 ޓެލެގްރާމް ޗެނަލްއެއް ހޯދައިފިން: ފުލުހުން

ބަރަހަނާ މަންޒަރު ވިއްކާ ޓެލެގްރާމްގެ ޗެނަލްތައް ހުއްޓުވި މައްސަލާގައި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި މައްސަލައިގެ ތަފުސީލް ޕްރެޒެންޓޭޝަނަކުން ދައްކަނީ.-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންނަށް ކުރާ ޖިންސީ ފުރައްސާރައިގެ އަމަލުތަކާއި ގުޅުން ހުރި މުއާމަލާތްތައް ހިންގަމުންދިޔަ 43 ޓެލަގްރާމް ޗެނަލްއެއް ފާހަގަކުރެވިފައިވާކަން ފުލުހުންގެ މުއައްސަސާއިން ހާމަކޮށްފިއެވެ.

ބަރާހަނާ މަންޒަރުތައް އާންމުކުރަމުން ދިޔަ ޓެލެގްރާމް ގުރޫޕުތަކުގެ މައްސަލައިގައި މައުލޫމާތު ދިނުމުގެ ގޮތުން ފުލުހުންގެ މުއައްސަސާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ހެޑް އޮފް ސައިބަރ އެނާލިސިސް ޗީފް އިންސްޕެކްޓާރ މުހައްމަދު ފަޔާޒް އިސްމާއިލް ވިދާޅުވީ، ބަރާހަނާ މަންޒަރުތައް އާންމުކޮށް ޓެލެގްރާމް ގުރޫޕެއް ހިންގަމުންދިޔަ މައްސަލައިގައި ތިން ފަރާތެއް ހައްޔަރުކުރިއިރު އެ މީހުންގެ އަތުން 14 އިލެކްޓްރޯނިކް ޑިވައިސް އަތުލާފައިވާކަމަށެވެ.

ފަޔާޒް ވިދާޅުވީ، މައްސަލައާއި ގުޅުން ހުރި 9 ޓެލެގްރާމް އެކައުންޓެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާއިރު ޖުމުލަ 571 ޓެެލެގްރާމް ޗެނަލްއަކާއި 27 ގޫގުލް އެކައުންޓެއްވެސް އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. އޭނާ ވިދާޅުވީ، 26 ފޭސްބުކް އެކައުންޓާއި ތިން ވަޓްްސްއެޕް އެކައުންޓުގެ އިތުރުން ތިން ވައިބާރ އެކައުންޓުވެސް ހޯދާފައިވާކަމަށެވެ. ފަޔާޒް ވިދާޅުވީ، އެހެނިހެން ކްލައުޑް ސްޓޯރެޖްތަކަށް ނިސްބަތްވާ 30 އެކައުންޓެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، މި ތަކެތި ތަހުލީލުކުރުމަށްޓަކައި ފުލުހުންގެ ސައިބާރ ކްރައިމް ސެންޓަރުގެ އެނަލިސްޓުން 740 ގަޑީރު ހޭދަކުރިކަމަށާއި 571 ޗެނަލްގެ ތެރެއިން 43 ޗެނަލްއެއް ހާއްސަކޮށްފައިވަނީ ޗައިލްޑް ސެކްޝުއަލް އެބިއުސް ޑީޓެއިލްސް ޕޯސްޓުކުރުމަށްކަމަށްވެސް މައުލޫމާތު ދެއްވިއެވެ. ފަޔާޒް ވިދާޅުވީ، ކުޑަކުދިންގެ ނަމުގައި ވަކިވަކި ޗެނަލްތައް ހަދައި ބައެއް ކުދިންގެ ވަނަވަރުވެސް ޕޯސްޓުތަކުގައި ހިމަނާފައިވާކަމަށާއި މި ޗެނަލްތަކުގައި ބަަރަހަނާ މަންޒަރުތައް ދައްކައުވައިދޭޭ ސައުވީސް ހާހަށްވުރެ ގިނަ ފޮޓޯއާއި 86،718 ވީޑިއޯ ހުރިކަމަށްވެސް ހާމަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖެއާއި ރާއްޖޭން ބޭރުގެ ކުޑަކުދިން ހިމެނޭހެން އެ ކުދިންގެ ކަރާމާތާއި އިއްޒަތަށް އުނިކަން އަންނަ ގޮތަށް ޗައިލްޑް ސެކްޝުއަލް އެބިއުސިވް މެޓީރިއަލް ޕޯސްޓުކޮށްފައިވާކަންވެސް ތަހުލީލުތަކުން އެނގިފައިވާކަމަށާއި 571 ޓެލެގްރާމް ޗެނަލްއަށް 36،780 މީހަކު ސަބްސްކްރައިބަރުންގެ ގޮތުގައި ވަދެފައިވާކަންވެސް ހޯދިފައިވާކަމަށެވެ. އޭނާ ވިދާޅުވީ، މިއީ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުން ވަރަށް ބޮޑަށް ދުރާލައި ތައްޔާރުވެގެން ހިންގާފައިވާ އަމަލުތަކެއްކަންވެސް އެނގިފައިވާކަމަށެވެ. އެގޮތުން އެކި އުކުޅުތައް ބޭނުންކޮށްގެން އެފަދަ ފޮޓޯއާއި ވީޑިއޯ އެއްކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: