ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާނުން ބާރުވެރި ކުރުމަށް ހިންގާ ޕްރޮގްރާމްތަކުގެ ތެރޭގައި މިހާރުވެސް 59 ކޯހެއް ހިމެނޭ: ޔޫތު މިނިސްޓްރީ

ޝެއާރކޮށްލާ ކަހަލަދޯ؟

ޒުވާނުން ބާރުވެރި ކުރުމަށް ހިންގާ ޕްރޮގްރާމްތަކުގެ ތެރޭގައި 59 ކޯހެއް ހިމެނޭ ކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފިއެވެ.

ސަންގަށް މައުލޫމާތު ދެމުން ޔޫތު މިނިސްޓްރީން ބުނެފައިވަނީ ރަށް ރަށުގައި ދިރިއުޅޭ ޒުވާނުންނަށް އެހާ ފަސޭހައިން މާލެ އައިސް ޓްރެއިނިން ޕްރޮގްރާމް ތަކުގައި ބައިވެރިވުމަކީ ފަސޭހަ ކަމެއް ނޫންކަަމަށެވެ. ނެޕް އަދި ކަޕް ޕްރޮގްރާމް ތައާރަފް ކޮށްފައިވާއިރު ކަޕްގެ މައިގަނޑު މަގްސަދީ ރަށް ރަށުގައި ދިިރިއުޅޭ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހި ކޮށްދިނުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޔޫތުން ބުނެފައިވަނީ ކަޕް ޕްރޮގްރާމެއް ރަށެއްގައި ހިންގާއިރު ބޮޑަށް ބަލަނީ އެރަށަކަށް އެންމެ ބޭނުންވަނީ ކޮން ދާއިރާތެއްތޯ ކަމަށެވެ. މިނިސްޓްރީން މައުލޫމާތުދިން ގޮތުގައި ރަށްރަށަށް ވަރަށް ގިނަ ”ސްކިލް“ ބޭނުންވެއެވެ. އެހެންކަމުން ހުރިހާ ތަމްރީނު ޕްރޮގްރާމްތަކެއް ނުހިންގުނު ނަމަވެސް އެރަށަކަށް އެންމެ ބޭނުންވާ ތަމްރީނު ޕްރޮގަރާމްތަކެއް އެރަށެއްގެ ކައުންސިލް އިން ހުށައެޅުމުން އެކަންބަލައި އެ ޕްރޮގްރާމްތައް ހިންގާކަމަށް ވަނީ ބުނެފައެވެ.

”އަޅުގަނޑުމެން ޕްރޮގްރާމް ކުރިއަށް ގެންދަން ރޭވުމުން އިއުލާނު ކުރާނެ ކުދިން ހޯދަން. އިއުލާނު ކުރުމަށްފަހުގައި ބޮޑަށް އިސްކަން ދޭނީ ވަޒީފާ ތަކުގައި އުޅޭ ކުދިންނަށް. އެހެންނަމަވެސް މީގައި ލިމިޓެއް ނުކުރޭ. ވަޒީފައި ތަކުގައި އެބަ އުޅޭ ސްކިލެއް ނެތް ކުދިން. އެހެންވީމާ އެކުދިން ސްކިލް އަޕް ވާޏް ޖެހޭ. އަދި ސެޓިފައިވާންވެސް ޖެހޭ“

މިޕްރޮގްރާމް ތަކުގެ ތެރޭގައި ޓުއަރިޒަމް ކޮންސްޓްރަކްޝަންފަދަ މުހިންމުން ދާއިރާތައް ހިމެނޭކަމަށް ޔޫތުން ވަނީ ބުނެފައެވެ. ބައެއް ރަށްރަށުގައި ޕްރޮގްރާމްތައް ހިންގަނީ އެ ދާއިރާތަކަށް ޑިމާންޑް އޮންނަ ވަރަކުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. ހިންގާ ކޯސްތަކުގެ ތެރޭގައި 59 ކޯހެއް ހިންގާ ކަމަށާއި އެއީ ނެޝެނަލް ސެޓިފިކެޓް ލެވެލް 3 ގެ ކޯސްތަކެއް ކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: