ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ އަމީނީމަގުގައި ގާއިމުކުރާ ޕަމްޕް ސްޓޭޝަންތަކުގެ މަސައްކަތް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ އަމީނީމަގު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން ގާއިމުކުރާ ޕަމްޕް ސްޓޭޝަންތަކުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހާމަކޮށްފިއެވެ.

އާރުޑީސީން ބުނީ މިހާރު ލެގޫންސް ފުޓްސަލް ދަނޑު ކައިރީގައި ޕަންޕް ސްޓޭޝަންގެ ވެލްވް ޗެމްބަރާއި ޕެނަލް ބޯޑު ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މި މަސައްކަތް ކުރިއަށްދަނީ ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އާރުޑީސީއާ ގުޅިގެން ކަމަށެވެ.

އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫޢުއަކީ ވިއްސާރަ މޫސުމުގައި މާލޭގައި ދިމާވާ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ހިންގާ މަޝްރޫޢު ތަކުގެ ތެރެއިން ހާއްސަ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ދަށުން އަމީނީމަގުގައި ގާއިމުކުރެވޭ ޕަމްޕް ސްޓޭޝަންތަކުގެ ޕެނަލް ބޯޑު ހަރުކުރުން ހިމެނެއެވެ. ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަމީނީ މަގު ހެދުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރު ޖުލައި މަހުގެ ކުރީކޮޅުގައެވެ. އަދި އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައެވެ. ކުރީގެ ސަރުކާރުން މި މަސައްކަތް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމަން މަސައްކަތް ކުރި ނަމަވެސް، ވެރިކަން ނިމުނީ އެ މަސައްކަތް ނުނިމިއެވެ.

މި މަޝްރޫޢު ނިމުމުން މާލޭގެ މުހިންމު މަގެއް ކަމުގައިވާ އަމީނީމަގުގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުވެ، ރައްޔިތުންނަށް ލުއިފަސޭހަކަމެއް ލިބިގެންދާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: