ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަމިއްޔާތަކުން ކުރައްވައި މަސައްކަތްތަކަށް މާލީ ގޮތުން އެހީތެރިވާނަން: ޑރ ޝަހީމް

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަމިއްޔާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މަލީ ގޮތުން އެހީތެރިކަން ދެއްވާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ދީނީ އަދި އިޖްތިމާޢީ މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން 2024 ގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިހާރުގެ ސަރުކާރަކީ އިސްލާމްދީނުގެ ޙުރުމަތްތެރިކަން ހިފަހައްޓައި، އިސްލާމީ ކަންކަން ދިވެހިރާއްޖޭގައި ނަގަހައްޓައި، އަދި އިސްލާމްދީން ދެމެހެއްޓުމަށް މަސައްކަތްކުރާ ސަރުކާރެކެވެ. އަދި ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމަކަށް ވުމާއެކު، އިސްލާމްދީނުގެ ނޫރާއި ހިދާޔަތު ފެތުރުމަށް މަސައްކަތްކުރާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، ޖަމްޢިއްޔާތައް ކުރިއެރުވުމަށްޓަކައި އެއްބަސްވުންތަކެއް ޤާއިމުކުރެވިގެންދާނެއެވެ. މިގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ޖަމްޢިއްޔާތަކުން ކުރިއަށް ގެންދަވާ މަސައްކަތްތަކަށާއި، އެފަރާތްތަކަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ނަމާދަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމްތަކަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ، ޖަމިއްޔާތައް ކުރިއެރުވުމަށްޓަކައި އެއްބަސް ވުންތަކެއް ޤާއިމް ކުރެވިގެންދާނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ޖަމިއްޔާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އަދި ޖަމިއްޔާތަަކަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް މަލީ ގޮތުން އެހީތެރިކަން ދެއްވާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި ނަމާދަށް އަޙްލުވެރި ކުރުވާފަދަ ޕްރޮގުރާމް ތަަކަށް ޙާއްސަ އިސްކަމެއް ދެއްވާނެ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

“ މާތް ﷲ އިރާދަކުރެއްވިއްޔާ އެކި އެކި ޖަމިއްޔާތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް، މާލީ ގޮތުންވެސް، އެހީތެރިކަން ދެވެން އޮތް މިންވަރަކުން، މި ވުޒާރާގެ ފަރާތުން އެހީތެރިކަން އަރުވާނެކަމުގެ ފުރިހަމަ ޔަޤީކަން އަޅުގަނޑު އަރުވަން. ވަކިން ޙާއްސަކޮށް ނަމާދު ކުރުމަށް އަޙުލުވެރިކުރުވާފަދަ ޕްރޮގުރާމްތަކާއި ކުދި ކުދި މަޝްރޫއުތަކަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް އަޅުގަނޑުމެން އަރުވާނަށް“ ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި އިސްލާމްދީން ކުރިއެރުވުމަށް ހިންގާ ޖަމިއްޔާތަކާއި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއި ގުޅިގެން މަސައްކަތް ކުރައްވައިފިނަމަ، ދިވެހިރާއްޖޭގެ އިސްލާމީ ކަންކަން ހިމާޔަތް ކުރެވިގެންދާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މާތް ނަބިއްޔާ مُحَمَّد صلى الله عليه وسلم ސިޔަރަތަށް ބަލައިފިނަމަ، ހިލޭ ސާބަހަށް މަސައްކަތް ކުރުމާއި، މުޖުތަމަޢުގެ ޙާޖަތްތައް ފުއްދުމަށްޓަކައި މަސައްކަތް ކުރުއްވުމަކީ އެކަލޭގެފާނުގެ ސިޔަރަތުން ފެންނަން އޮތް މަތިވެރި ހަޤީޤަތެއް ކަމަށާއި އަދި އެކަލޭގެފާނުގެ ސައްޙްސިއްޔަތުގެ ދީލަތިކަމާއި ރިވެތި އަޙްލާޤުގެ ވާހަކައަކީ އެއްވެސް މީހަކަށް އޮޅިފައި އޮންނަ ވާހަކައެއް ނޫން ކަމަށް ވިދާޅުވިއެވެ.

“ އެކަލޭގެފާނުގެ އެންމެ ފުރަތަމަ ވަޙީ ބާއްވައިލެއްވުނު ދުވަހުގައި، އިތުރު އެކަލޭގެފާނު، ގެއަށް ވަޑައިގެން ހަދީޖަތުގެފާނަށް އެކަމާއި ބެހޭ ގޮތުން ޙަދީޘް ކުރެއްވީމައި، هادية صلى الله عليه وسلم ވިދާޅުވީ، ބަސްފުޅު ސިޔަރަތު ފޮތްތަކުގައި ރަން އަކުރުން ލިޔެވިފައި އޮތް “ ވަޒީރު ވިދާޅުވިއެވެ. 

ރަޙިމުގެ ގުޅުން ދަމަހައްޓައި ފަރާތްތަކާއި، ނިކަމެތިންނަށް އަޅައިލާ ފާރާތްތަކުންނާއި މުޞީބާތްޖެހިފައިވާ ފަރާތްތަކަށް އެކަމުން ސަލާމާތް ކުރުމަށްޓަކައި އެހީތެރިކަން ދެއްވައި ދިނުން ރަސޫލާ ﷺ ގެ ސަޙްސިއްޔަތުން ފެނިގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ މަސައްކަތްތަކަކީ މިއަދު އެކި ޖަމިއްޔާތަކުން ކުރައްވަމުން ގެންދަވައި މަސައްކަތްތައް ކަމަށާއި އެހެންކަމުން މުޖުތަމަޢުގައި ހުރި އެފަދަ ޖަމިއްޔާތައް އަދާ ކުރައްވަމުންދާ މަސްޢޫލިއްޔަތަކީ އިސްލާމީ ވަރުގަދަ މަސްޢޫލިއްޔަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: