ބެންކޮކް ބަނދަރުގައި ކޮންޓެއިނަރުތައް ބަލައި ފާސްކުރާ ގޮތާއި އިލެކްޓްރޯނިކް ކުނި އޮޅުވާލައިގެން އިލެކްޓްރޯނިކް މުދާ ނަމުގައި ޑިކްލެއަރ ކުރުމުގެ މައްސަލަތައް ދެނެގަންނަ ގޮތް ބަލައިލުމުގެ ފުރުސަތު ލިބިއްޖެއެވެ.
މި ޕްރޮގުރާމަކީ، ދިވެހިރާއްޖޭގައި ކެމިކަލްތަކާއި ނުރައްކާރައްކާތެރި ކުނި އެތެރެކުރުމާއި ބޭރުކުރުމާ ގުޅުންހުރި މުޢާހަދާތަކުގެ ތެރެއިން ބާޒަލް ކޮންވެންޝަން އޮން ދަ ކްންޓްރޯލް އޮފް ޓްރާންސްބައުންޑަރީ މޫވްމަންޓްސް އޮފް ހަޒަޑަސް ވޭސްޓްސް އެންޑް ދެ އަރ ޑިސްޕޯޒަލް އަދި ރޮޓަރޑަމް ކޮންވެންޝަން އޮން ޕްރިއަރ އިންފޯރމްޑް ކޮންސެންޓް ޕްރޮސީޖަރ ފޯރ ސާރޓަން ހަޒަޑަރސް ކެމިކަލްސް އެންޑް ޕެސްޓިސައިޑްސް އިން އިންޓަނޭޝަލް ޓްރޭޑްގެ ތަންފީޒީ އިދާރާތަކުގެ މުވައްޒަފުން ތަމްރީނުކުރުމަށް، ތައިލެންޑުގެ ބެންކޮކްގައި ހުންނަ ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓާއި ގުޅިގެން ކުރިޔަށް ގެންދިޔަ ޕްރޮގްރާމެކެވެ.
ނުރައްކާތެރި ކުނި އެއްގައުމް އަނެއްގައުމަށް ގެންދިޔުން ކޮންޓްރޯލްކުރުމާއި އެ ކުނި ނައްތާލުމާ ބެހޭ ބާސެލް މުއާހަދާގެ ދަށުން އެއްގައުމުން އަނެއް ގައުމަށް ކުނި ގެންދިޔުމުގެ ކުރިން އެ ގައުމަކުން ހުއްދަ ނަގަން ޖެހެއެވެ.
ޕޮޕްސް މަޝްރޫޢުއަކީ އަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ މާލީ އެހީގެދަށުން ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމާއި ގުޅިގެން ހިންގާ 5 އަހަރު ދުވަހުގެ މަޝްރޫއުއެކެވެ. މި ދަތުރުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މިނިސްޓްރީ އޮފް ޑިފެންސް، ފަޔަރ އެންޑް ރެސްކިއު ސަރވިސަސް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަދި މިނިސްޓްރީގެ ވޭސްޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓުގެ ފަންނީ މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ބެންކޮކް ބަނދަރަށް ކުރި މި ޒިޔާރަތުން ބާޒަލް މުއާހަދާ ތަންފީޒުކުރުމުގައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.

