ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޝްރޫއުތައް ހިނގަނީ އިންތިހާބުތަކާއި ދިމާކޮށް އެކަނި: މައުރޫފް

މެމްބަރު މައުރޫފް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޝްރޫއުތައް ހިނގަނީ އިންތިހާބުތަކާއި ދިމާކޮށް އެކަނިކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ކުންފުނިތަކާއި ބެހޭ ގާނޫނަށް ހުށައަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން މައުރޫފް ވިދާޅުވީ ހާއްސަ ޖަލްސާއެއް ބާއްވައިގެން ކުއްލިއަކަށް މި ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން މަސައްކަތް ކުރާ ސަބަބު ނޭގޭކަމަށެވެ.

ޕްރައިވެޓް ސެކްޓާގައި ހުރި ކުންފުނިތަކުގެ ހާލަތު ހުރީ ވަރަށް ގޯސްވެފައިކަމަށް ފާހަގަކޮށް މައުރޫފް ވިދާޅުވީ، ހުށައަޅާފައި އޮތް އިސްލާހުގައި މިކަމުގެ ހައްލެއް ނެތްކަމަށެވެ. އިސްލާހުގައި އޮތީ ކުންފުނިތަކުގެ ހާއްސަ އާންމު ބައްދަލުވުން ބާއްވާ މުއްދަތަށް ބަދަލުތަކެއް ގެނައުންކަމަށާއި، ނަމަވެސް ކުންފުނިތަކުގެ މާލީ ހާލަތު ގޯސްވެފައި އޮތް އޮތުމަށް މި އިސްލާޙު ހައްލު ނުލިބޭނެކަމަށް ވިދާޅުވިއެވެ.

ތަކެތީގެ އަގު އިންތިހާއަށް އަގު ބޮޑު ވެއްޖެ، ބާޒާރުގައި އާންމުކޮށް، ލިބެން ހުންނަ ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ތަކެތީގެ އަގު އިންތިހާއަށް، އިއްޒަތްތެރި ރައީސް، އަގު ބޮޑުވެއްޖެ.

މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާކަމަށާއި، ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ތަކެތީގެ އަގުވެސް އިންތިހާއަށް ބޮޑުވެފައިވާކަމަށެވެ.

ޑޮލަރުގެ ދަތިކަމުގެ ސަބަބުން ޑޮލަރު ނުލިބޭކަމުގެ ޝަކުވާތައްވެސް ކުންފުނިތަކުގައި އެބަ އޮތްކަމަށް ފާހަގަކޮށް މައުރޫފް ވިދާޅުވީ، ސަރުކާރުން ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ނުލިބުމުގެ ޝަކުވާވެސް އެބަ އޮތްކަމަށެވެ. ސަރުކާރު ކުންފުނިތަކުން ރަށްރަށުގައި ފަށާފައި ހުރި މަޝްރޫއުތައް ހުރީ ހުއްޓިފައިކަމަށް އޭނާ ވިދާޅުވިއެވެ.

ތަރައްގީގެ މަޝްރޫއުތައް ހިނގަނީ އިންތިހާބުތަކާއި ދިމާކޮށް އެކަނިކަމަށް މައުރޫފް ވިދާޅުވިއެވެ. އިއްޔަ ބައި އިލެކްޝަނެއް އޮތްއިރު، މައުރޫފް ވިދާޅުވީ މިކަމުގެ ހެކިތައް އިއްޔަ ފެނިގެން ދިޔަކަމަށެވެ.

އަޅުގަނޑުމެންނަށް އިއްޔެ ފެނިގެން ދިޔައީ، ބޮޑެތި ސިންގާ އިންޖީނުތަކާއި އެއްޗިހި ގެންގޮސް އިއްޒަތްތެރި ރައީސް، ރަށް ރަށަށް އަރުވާލި މަންޒަރު ތަނެއް ދޮރެއް ނުބަލާ. އަޅުގަނޑުމެން ހައިރާންވެފަ ތިބީ.

މައުރޫފް ވިދާޅުވިއެވެ.

މަޝްރޫއުތައް ކުރިއަށް ނުދިއުމުގެ ސަބަބުން ކޮންސްޓްރަކްޝަން ކުންފުނިތައް ބަނގުރޫޓުވަމުންދާކަމަށް މައުރޫފް ވިދާޅުވިއެވެ. ބަންކަރިންފަދަ ފައިދާހުރި ބޮޑެތި މަޝްރޫއުތައް ސަރުކާރުން ފައްޓަވައިފިކަމަށް ދެއްކުމަށް މަސައްކަތް ކުރި ނަމަވެސް، އެ މަސައްކަތްތައް ހަގީގަތުގައި ފަށާފައިނުވާކަމަށް މައުރޫފް ވިދާޅުވިއެވެ.

މިފަދަ ގާނޫނުތަކަށް އިސްލާހު ގެންނައިރު، ރައްޔިތުންގެ ހާލަތަށް ބަލަން ޖެހޭކަމަށްވެސް މައުރޫފް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ ތެރޭގައި ފައިސާ ދައުރު ކުރެވޭނެ މަގުތައް ފަހި ކުރަން ޖެހޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: