ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫސިޓީ އެއަރޕޯޓްގެ މަޝްރޫއު ބާރަށް ކުރިއަށް އެބަދޭ: މޭޔަރ ނިޒާރު

އައްޑޫ ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫސިޓީ ގަން އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއު ރަނގަޅަށް ކުރިއަށްދާ ކަމަށާއި މަސައްކަތާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީ ގަން އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީގެ މަޝްރޫޢު ކުރިއަށް ދާގޮތުގެ އަދާ ހަމަ ބެއްލެވުމަށް އައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރު އާއި ކައުންސިލަރުން ވަނީ އެ ސައިޓަށް ޒިޔާރަތް ކޮށްފައެވެ. އައްޑޫސިޓީ އެއަރޕޯޓް މަޝްރޫއު އިފުތިތާހު ކޮށްފައިވަނީ މިދިޔަ އަހަރުހެ ޖޫން މަހުގެ 4 ގައެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ އިންޑިއާގެ ރެނާޓަސް ކުންފުނި އާއެވެ.

މޭޔަރ ނިޒާރު ވަނީ އައްޑު ލައިވް އަށް މި މަޝްރޫއާއި ބޭހޭގޮތުން އިންޓަވިއު އެއް ދެއްވައި ފައެވެ. މޭޔަރގެ އިންޓަރ ވިއުގައި އެއާޕޯޓް މަޝްރޫއުގެ މުހިންމު މަސައްކަތްތަކެއް ކުރިއަށް ދާކަމަށް ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި ވަށައިގެން ހަދާ އާ މަގުގެ މަސައްކަތާއި ފަޔަ ސްޓޭޝަނާއި މުޅި ގަމަށް ކޭޓަކުރެވޭ ވަރުގެ އާރްއޯ ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތާއި ޕްރޮޖެކްޓްގެ ތެރޭގައި އެހެނިހެން ފެސިލިޓީސްތަކަށް ހާއްސަ އިމާރާތްތަކުގެ މަސައްކަތް ފަދަ ކަންކަން ރަނގަޅަށް ކުރިއަށްދާ ކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ.

އަދި އައްޑޫސިޓީ ގަން އެއަރޕޯޓްގެ 60 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް ވަނީ މައުލޫމާތު ދެއްވައިފައެވެ. މި މަޝްރޫއަށް 29.7 މިލިއަން ޑޮލަރު (455.8 މިލިއަން ރުފިޔާ) ހަރަދުވާ އިރު، މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގާ މަޝްރޫޢުއެކެވެ. މި އެއާޕޯޓް ތަރައްގީގެ މަޝަރޫއު ނިމުމާއެކު އެތަން ވެގެންދާނީ ދެކުނުގެ އިގުތިސާދީ މައި ހަބަކަށް ކަމަށް ސަރުކާރުން ވަނީ ބުނެފައި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: