ދިވެހިރާއްޖެއާއި ޗައިނާ ދެމެދު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރިމަންޓަށް އަމަލު ކުރަން ފެށުމުން ދެ ގައުމުގެ ދެމެދު އަހަރެއްގެ މައްޗަށް އެއް ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވޭނެކަމަށް ސަރުކާރުން ބުނެފި އެވެ.
ދިވެހި ސަރުކާރާއި ޗައިނާގެ މަރުކަޒީ ބޭންކު ދެމެދު ކަރަންޓް އެކައުންޓު މުއާމަލާތަށް ދެ ގައުމުގެ ފައިސާ ބޭނުން ކުރެވޭ އެއްބަސްވުމެއް ވެސް ދާދިފަހުން ވަނީ ގާއިމުކޮށްފަ އެވެ. މިއީ ރާއްޖޭގެ އިގްތިސާދަށް ލިބިގެންދާ ކުރިއެރުމެއްކަން ފާހަގަކޮށް އެކަމުގެ މައުލޫމާތުތައް އިކޮނޮމިކް މިނިސްޓްރީން ނޫސްވެރިންނަށް ހިއްސާކޮށްފައި ވެއެވެ.
މި އެއްބަސްވުމާއި ގުޅޭ މައުލޫމާތުތައް ދެއްވަމުން، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ ރާއްޖެ އާއި ޗައިނާ ދެމެދު ސޮއިކޮށްފައިވާ ފްރީޓްރޭޑު އެގްރިމަންޓަށް އަމަލު ކުރަން ފެށުމުން ދެ ގައުމު ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތައް އެއް ބިލިއަން ޑޮލަރަށް އިތުރު ކުރެވޭނެކަމަށެވެ.
ޕީޕަލްސް ބޭންކް އޮފް ޗައިނާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ލިބޭނެ ފައިދާތައް ފާހަގަކުރައްވައި ހީނާ ވިދާޅުވީ ދެގައުމު އެކީގައި 700 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކުރެވެމުންދާއިރު، ރާއްޖެއާއި ޗައިނާއެކު މިހާރު ހަދާފައިވާ އެފްޓީއޭއަށް އަމަލު ކުރަން ފެށުމުން އެ އަދަދު އެއް ބިލިއަން ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށެވެ.
ހީނާ ވިދާޅުވީ އެއްބަސްވުމާއި އެކު ޑޮލަރުން ފައިސާ ނުދައްކައި، ރުފިޔާގެ މުއާމަލާތްތައް ކުރެވޭނެ ކަމަށެވެ. އަދި ދިވެހިންނަށް ދަތުރު ކުރުމުގައި ލުއިތަކެއް ލިބި، ދިވެހި ފައިސާއިން މުއާމަލާތް ކުރެވޭނެކަމަށް ފާހަގަކުރެއްވި އެވެ.
ރާއްޖެއާއި ޗައިނާ އެކީގައި މިހާރު އެފްޓީއޭ އެއްބަސްވުމުގައިވާ ގޮތުގެ މަތީންނާއި، ހަމަ އެހެންމެ އެފްޓީއޭއަށް އަމަލު ކުރަން ފެށުމާއި ގުޅިގެން އެ ބިލިއަން ޑޮލަރަށް މި ވިޔަފާރީގެ އަދަދު މަތިވެގެން ދޭ..
ޗައިނާ ޕީޕަލްސް ބޭންކް އާ ދެމެދު ކަރަންޓް އެކައުންޓް މުއާމަލާތްތައް ރާއްޖެއާއި ޗައިނާ އާއި ދެ ގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދިނުމަށް ޗައިނާއާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރިއިރު ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރުމަށް އެޅިގެންދާ މި ފިޔަވަޅަކީ، ލިބޭ ކުރިއެރުމެއްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފަ އެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ މެދުގައި ކަރަންޓް އެކައުންޓް މުއާމަލާތްތައް ސީދާ އިންވެސްޓްމަންޓްތައް ދެޤައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދޭ އޮނިގަނޑެއް ޤާއިމުކުރެވ،ި ދެ ޤައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެ އެވެ.

