ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ދައުލަތުގެ އެންމެ މުހިންމު ބާރު، މަޖިލިސް ވަނީ ޕެރަލައިޒްކޮށްފަ: އީސަ

ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސަ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝަވަތުގެ ކަޅު ފައިސާ ބަހައި، ތިން ބާރުގެ ތެރެއިން ދައުލަތް ހިންގުމުގެ އެންމެ މުހިންމު އެއް ބާރު ރައްޔިތުންގެ މަޖިލިސް އެއްކޮށް ޕެރެލައިޒްކޮށްފައިވާކަމަށް ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕެނަލް ޑިސްކަޝަންގައި އީސަ ވިދާޅުވީ ފެހި ގާނޫނުއަސާސީގެ ދަށުން މަޖިލީހުގެ ގިނަ ދައުރުތަކެއް ބަދަލުވެގެން އައިއިރު އެއްވެސް އިރެއްގައި ރިޔާސީ ގަނޑުވަރުން ރައީސުލްޖުމްހޫރިއްޔާ މެމްބަރުންނަށް ކޮންމެ މަހަކު ފައިސާ ބަހާކަމަށް މީޑިއާތަކުގައި ނުދެކެވޭކަމަށެވެ. އެހެން ނަމަވެސް މެމްބަރުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ވީޑިއޯއެއް އާންމު ކުރީ ބަލަންޖެހޭ ހުރިހާކަމަކަށް ބަލައިކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އީސަ ވިދާޅުވި ގޮތުން ރައީސްގެ ފަރާތުން ކޮންމެ މަހަކު ވެސް ފައިސާ ލިބެނީ ބައެއް މެމްބަރުންނަށެވެ. ނުވަތަ ރައީސުލްޖުމްހޫރިއްޔާ ނަންގަވާފައިވާ ވަކި ހާއްސަ މެމްބަރުންތަކަށެވެ. އީސަ ވިދާޅުވީ އެކަމަަށް ދެން ތިއްބެވި މެމްބަރުން ކަންބޮޑުވުންފާޅު ކުރާކަމަށެވެ.

”އަޅުގަނޑުމެންނަށް ސާފު ސުވާލެއްވެސް ނެތް މިންވަރަށް ރައީސުލްޖުމްހޫރިއްޔާ އެކަން އެބަ ކުރައްވާކަން. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު އެބަ ބަހާކަން. އަނެއްކާ އެ މައުލޫމާތުތައް ޕީޕީއެމް މެމްބަރުންގެ ތެރެއިން އަޅުގަނޑުމެންނާ ހިސާބަށް އަންނާތީ ރައީސުލްޖުމްހޫރިއްޔާ ހޯމް މިނިސްޓަރަށް އަންގަވައިގެން އަމިއްލަ ޕާޓީން މިހާރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފާރަލާން ފަށައިފި“

އީސަ ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ނަމުގައި ޕާޓިގެ ޓިކެޓުގައި ވާދަކޮށްގެން އިންތިހާބުން ހޮވުނު ކަމުގައި ވީ ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ގާނޫނުން އެބޭފުޅުންނަށް ރައްޔޮތުންގެ މައްޗަށް އަދާ ކޮށްދޭން ލާޒިމު ކުރާ ކަންތައްތަކެއް ހުންނަ ކަމަށެވެ.

މެމްބަރުންނަށް މަތި ކޮށްފައިވާ ޒިންމާ ތަކުގެ ތެރޭގައި ދައުލަތުގެ ތިން ބާރު ޖަވާބު ދާރީ ކުރުވުމާއި، ވަޒީރުންނާއި ސުވާލު ކުރުމާއި، ވަޒީރުން މަޖިލީހަށް ހާޒިރު ކުރުމާއި އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ވެސް ވަޒީރުން ހާޒިރު ކުރުން ހިމެނޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: