ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ވައުދުފުޅަކީ ލާމަރުކަޒީ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުން: އިހުސާން

ހޯމް މިނިސްޓަރ އަލީ އިހުސާން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅަކީ ލާމަރުކަޒީ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ގއ. ވިލިނގިލީގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އިހުސާން ވިދާޅުވީ އައިޑީކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ދިނުމަކީ ހަރަދު ބޮޑު އެހެންނަމަވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ހަރަދެއްކޮށްގެން މެނުވީ ރައްޔިތުންގެ އަތުން ހިނގާ ހަރަދެއް ކުޑަނުކުރެވޭނެކަން ފާހަގަކުރައްވާ އިހުސާން ވިދާޅުވީ އަވަހަށް އައިޑީކާޑު ހައްދަން ޖެހިއްޖެނަމަ އަންނަން ޖެހޭނީ މާލެ ކަމަށާއި ރަށްރަށުގައި މި ހިދުމަތް ފެށުމުން ރައްޔިތުންގެ އަތުން ހޭދަވާ ހަރަދު ކުޑަކުރެވޭނެ ކަމަށެވެ.

”މިއީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރައްޔިތުން އެދޭ ތަރައްޤީއަކީ. މިއީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ވަޢުދުވެވަޑައިގެންނެވި ތަރައްގީއަކީ. މިއީ ހަގީގީ ތަރައްގީގެ އެއް ފަރާތަކީ. މީގެ ސަބަބުން ރައްޔިތުންނަށް ކައިރިން ޚިދުމަތް ލިބުމުގެ އިތުރުން، އިތުބާރާއި ޔަގީންކަންވެސް އެބަ ގާއިމުކުރެވޭ އަތޮޅުތެރޭގައި ހަގީގަތުގައި ޑީސެންޓްރަލައިޒްޑް ނުވަތަ ލާމަރުކަޒީކޮށް ޚިދުމަތްތައް ދެމުން އެބަ ގެންދާކަން. އެހެންވީމަ އަޅުގަނޑުމެންގެ އަދުގެ ރައީސްގެ ވަޢުދުފުޅަކީ ލާމަރުކަޒީ ޚިދުމަތްތައް އޭގެ އަސްލު ދެވޭނެ އެންމެ ފުންމިނަށްގޮސް އެ ޚިދުމަތްތައް ރައްޔިތުންނާއި ގާތުން ދިނުން.“

މިނިސްޓަރ ވިދާޅުވީ އުންމީދަކީ އައިޑީކާޑުފަދަ އެހެން ހިދުމަތްތައްވެސް ކުރިއަށް އޮތްތަނުގައި އަތޮޅުތަކުގައި ފޯރުކޮށްދިނުން ކަމަށެވެ. އިހުސާން ވަނީ މި ފަސް އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށްވެސް އަލި އަޅުވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: