ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އދ. އަށް ނިޒާމީ ބަދަލުތަކެއް ގެނެސް ގައުމުތަކުގެ މެދުގައި ހަމަހަމަކަން ގާއިމްކުރަންޖެހޭ: ޒަމީރު

ޝެއާރކޮށްލާ ކަހަލަދޯ؟

އދ. އަށް ނިޒާމީ ބަދަލުތަކެއް ގެނެސް ގައުމުތަކުގެ މެދުގައި ހަމަހަމަކަން ގާއިމްކުރަންޖެހޭކަމަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އދ. ގެ މެންބަރު ހައުމަކަށް ރާއްޖެވިތާ 59 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި މިނިސްޓަރ ވިދާޅުވެފައި ވަނީ ދުނިޔެ ބަވަނަވަމުން އަންނައިރު މާލީ ގޮތުންނާއި އިގްތިސާދީގޮތުން ކުދި ގައުމުތަކަށް އެކި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ. އެގޮތުން މޫސުމީ ބަދަލުތަކަށް ނާޒުކު ގައުމުތަކަށް ބޮޑެތި ގެއްލުންތައް ކުރިމަތިވަމުންދާކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދޭދޭ ގައުމުތަކުގެ ގުޅުންތަކަށް އަސަރުކުރަމުންދާކަމަށެވެ. އަދި ދުނިޔޭގެ ގައުމުތަކަށް ދިމާވާ މިފަދަ ދަތިތަކުން އަރައިގަނެވޭނީ އދ. އަށް ނިޒާމީ ބަދަލުތަކެއް ގެނެސް ގައުމުތަކުގެ މެދުގައި ހަމަހަމަކަން ގާއިމްކުރެވިގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އދ. އިން ކަނޑައަޅާފައިވާ ސިޔާސަތުތަކަށް އަބަދުވެސް ރާއްޖެއިން ތާޢީދުކުރާ ކަމަށާއި އެގޮތުން އަމާންކަމާއި ހަމަޖެހުން ޤާއިމްކުރުމަށާއި އިންސާނީ ހައްގުތައް ކަށަވަރުކުރުމަށާއި ގާނޫނު ތަންފީޒުކުރުމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީއަށް އދ. އިން ކުރާ މަސައްކަތްތައް ޒަމީރު ފާހަގަކުރެއްވިއެވެ.

އދ.ގެ މެންބަރުކަން ރާއްޖެއަށް ލިބުމުން އެ ޖަމިއްޔާގައި ކުދި ގައުމުތަކުގެ ޝާމިލުވުން އިތުރުކުރުމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އދ. އިން ކަނޑައަޅައި ލަނޑުދަނޑިތައް ހާސިކޮށް އދ. ގެ އެންމެ މަތީ މަޖިލިސްތަކުގައި ރާއްޖެއިން އަޑު އުފުލާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަދު އދ.ގެ މަޖިލިސްތަކުގައި ކުދި ގައުމުތަކުގެ އަޑުގަދަވުމަކީ އޭރު ރާއްޖެއިން ކުރި މަސައްކަތްތުގެ ނަތީޖާކަމަށް ޒަމީރު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ ކޮންމެ ގައުމެއްގައި އަމާންކަން ގާއިމްކުރުމަށާއި ކޮންމެ ގައުމެއްގެވެސް ދެމެހެއްޓެނިވި ތަރައްގީއަށް އަޑުއުފުލުމުގައި ރާއްޖެއިން ދެމިތިބޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: