ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޮބޯމޭންގެ ޗުއްޓީ ހަދިޔާ؛ ”ރޮބޯމޭން – ދަ މޫވީ“ މިމަހު 26ގައި!

ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންނަށް ރޮބޮމޭންގެ ފަރާތުން ދޫކޮށްލާ އެންމެ ހާއްސަ އެއް ހަދިޔާ ކަމަށްވާ ”ރޮބޯމޭން – ދަ މޫވީ“ އޮލިމްޕަސް ސްކްރީނުގައި ޕްރިމިއަރ ކުރަން ބާކީ އޮތީ އެންމެ ދުވަހެވެ.

އޮލިމްޕަސް ސިނަމާގައި ދިވެހިން ގަޔާވާފަދަ ބޮޑެތި މީހުންނަށް ޚާއްސަ ލޯބީގެ ނޫނީ ބިރުވެރި ގިނަ ފިލްމުތަކެއް އަންނަނީ އަބަދުވެސް ސްކްރީންކުރަމުންނެވެ. ނަމަވެސް ކުޑަކުދިންނަށް ޚާއްސަ ފިލްމެއް އެންމެ ފަހުން އެޅުވި ދުވަހެއް ހަނދާނަކަށް ނާދެއެވެ. މިފަހަރު މިއޮތީ ކުޑަކުދިންވެސް އޮލިމްޕަސް ސިނަމާއަށް ގޮސް ފިލްމެއް ބަލާލަން ފުރުސަތު ލިބިފައެވެ. އަދި އެވެސް އެކުދިންގެ ސްކޫލް ބަންދާއި ދިމާކޮށެވެ.

މިއީ ކުޑަކުދިންގެ މެދުގައި އެންމެ މަގްބޫލު އެއް ކެރެކްޓާ ކަމަށްވާ ދިވެހި ފަންނާނު ރޮބޯމޭންގެ ފަރާތުން ދޫކޮށްލާ ވަރަށް ޚާއްސަ ހަދިޔާއެކޭވެސް ބުނެވިދާނެއެވެ. ”ރޮބޯމޭން – ދަ މޫވީ“ އޮލިމްޕަސް ސްކްރީނުގައި އަޅުވާ ދުވަސް މިވަނީ ދާދި ގާތްވެފައެވެ. މި މަހުގެ 26 ވާ ބުރާސްފަތި ދުވަހު މި ފިލްމުގެ ފުރަތަމަ ޝޯވް އޮލިމްޕަސް ސްކްރީނުގައި ޕްރިމިއަރ ކުރާއިރު މިއީ ސްކޫލުތައް ޗުއްޓީއަށް ބަންދުވާ ދުވަސްކަންވެސް ފާހަގަކޮށްލެވެއެވެ.

26 ސެޕްޓެމްބަރުން 05 އޮކްޓޫބަރާ ހަމައަށް އޮލިމްޕަސް ސްކްރީނުގައި މި ފިލްމު އެޅުވުމަށްވަނީ ހަމަޖެހިފައިވާއިރު މި ފިލްމަކީ ކުޑަކުދިންނަށް ޚާއްސަ ފިލްމެއްކަމުން ފިލްމު އަޅުވާނީ މެންދުރުފަހުގެ ގަޑީގައެވެ. ފިލްމުގެ ޓިކެޓު ބޭނުންވާ ފަރާތްތަކުން 7656000 އަށް ގުޅައިގެން ޓިކެޓު ހޯދޭނެއެވެ.

ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ ސްކޫލު ބަންދުތެރޭގައިކަމުން މިއީ ރަށްރަށުން މާލެއަށް ދަތުރުކުރާ ގިނަ ކުޑަކުދިންނަށް މި ފިލްމު އޮލިމްޕަހުގައި ބަލާލުމަށް ލިބިގެންދާނެ ފުރުސަތެކެވެ. ހަމަ އެހެންމެ ފިލްމު ޕްރޮޑީއުސްކުރާ ފަރާތުންވަނީ އޮލިމްޕަސް ސްކްރީނުގެ އިތުރުން ރަށްރަށުގައި މި ފިލްމު އެޅުވުމަށް ޝައުގުވެރިވާ ފަރާތްތަކަށްވެސް އެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން މިކަމަށް ޝައުގުވެރިވާ ރަށްރަށުން 7777968 އަށް ގުޅާލުމުން އެ މައުލޫމާތު ލިބޭނެއެވެ.

”ރޮބޯމޭން – ދަ މޫވީ“ މި ފިލްމަކީ ދިވެހިންގެ މެދުގައި މަގްބޫލު ކެރެކްޓާއެއްގެ މައްޗައް އުފައްދާ އެންމެ ފުރިހަމަ މޮޅު ފިލްމަށް ވެގެންދާނެއެވެ. މި ފިލްމަކީ އޯރކޭޒް އިންކް އަދި މީޑިއާނެޓުގެ ވީޑިއޯކްލަބްގެ އުފެއްދުމެކެވެ. ޚިޔާލީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ފިލްމުގައި ރޮބޯމޭންގެ އިތުރުން އައްޒަ އަދި ރަވީ ފަދަ ފިލްމު އިންޑަސްޓްރީގައި ނަންވިދާލާ ތަރިން އަދި އޮޑިޝަންތަކަކަށްފަހު ފިލްމުގައި އެކްޓުކުރުމުގެ ފުރުސަތު ލިބުނު ހުނަރުވެރި ޗައިލްޑް އާރޓިސްޓުންވެސް ފެނިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: