ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީރުންނަށް 500 ފޯމު ހަމަކުރަން އެނގި ވާހަކަ ސައްހައެއް ނޫން: ފަލާހު

"ހައުސް އޮފް ޕީ.އެން.ސީ" ހޮޅުވުމުގެ ރަސްމިއްޔާތުގައި އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވާހަކަ ދެއްކެވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީރު ބޭފުޅުންނަށް 500 މެމްބަރުންގެ ފޯމު ހަމަކުރުމަށް އަންގާފައިވާކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ސައްހަ ނޫންކަމަށް ޕީއެންސީގެ ޕީޖީ ގުރޫޕު ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ވަޒީރުންނަށް 500 މެމްބަރުންގެ ފޯމު ހަމަކުރުމަށް ޕީއެންސީއިން މަޖުބޫރުކުމުންދާކަމަށް ބުނެ ބައެއް މީޑިއާތަކުންވަނީ ރިޕޯޓުކޮށްފައެވެ. އަދި އެ އަދަދު ހަމަނުވެއްޖެ ހާލަތެއްގައި ވަޒީފާގެ ބިރު އޮތްކަމަށް ބުނެވެސް މައުލޫމާތު ދައުރުކޮށްފައިވެއެވެ.

މި ތުހުމަތުތަކާއި ގުޅިގެން ”ސަންގު“ އިންވަނީ ޕީއެންސީގެ މެމްބަރޝިޕް ޑްރައިވްގައި އިސްކޮށް ހަަރަކާތްތެރިވެވަޑައިގަންނަވާ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުއާއި ސުވާލުކޮށްފައެވެ. މެމްބަރުން ހަމަކުރަން ވަޒީރުންނަށް މަޖުބޫރީ ހާލަތެއް ކުރިމަތިވެފައިވޭތޯ އާއި އަދަދެއް ކަނޑައެޅިފައިވާކަމާއިމެދު ސުވާލުކުރުމުން ފަލާހު ވިދާޅުވީ، އެ ވާހަކަތަކަކީ އެއްވެސް ވަރަކަށް ސައްހަ ވާހަކަތެއް ނޫންކަމަށެވެ.

ފަލާހު ވިދާޅުވީ، މެމްބަރޝިޕް ޑްރައިވްއެއް ކުރިއަށް ގެންދާނަމަވެސް އެއްވެސް ވަރަކަށް ވަކި އަދަދެއް ހަމަ ކުރުމަށް އަންގާފައިނުވާނެކަމަށެވެ. އަދި ކުރެމުންދަނީ ޕާޓީގެ މަސައްކަތްތަކެއް ކަމަށްވުމުން ޕާޓީގެ މެމްބަރުން އެ ކަމުގައި ޝާމިލުވާނެކަމަށް ފާހަގަކުރެއްވިއެވެ.

ޕީއެންސީއިން އެ ޕާޓީގެ މެމްބަރުންގެ އަދަދުތައް ގިނަ ކުރުމުގެ ގޮތުން މަގުމަތީ ހަރަކާތްތައް ކުރިއަށް ގެންދާއިރު، މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި ފަލާހުވަނީ އެ ޕާޓީއިން 75000 މެމްބަރުން ހަމަކުރުމުގެ އަމާޒު ހިފާފައިވާކަން ހާމަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: